Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

09 Dec 2023
ޚަބަރު

އަމީނީ މަގުގެ މަސައްކަތް އަލުން ފެށުމުން ބަސް ރޫޓަށް ބަދަލެއް

އަމީނީ މަގުގެ ނުނިމި އޮތް ބައިގައި ތަރުއެޅުމުގެ މަސައްކަތް ފެށުމުން އެމްޓީސީސީގެ ބަސް ރޫޓަށް ބައެއް ބަދަލުތައް ގެނެސްފިއެވެ. އާރުޑީސީން ބުނީ އަމީނީ މަގުގެ ސެގްމަންޓް 12 އަދި 13 ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ އަމީނީ މަގުގެ މަސައްކަތް ނިމެންދެން މިއަދުން ފެށިގެން މާލޭގައި އާރްޓީއެލް ބަސް ދުއްވާ ރޫޓުތަކަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ބަހުގެ ރޫޓްތަކަށް ގެނައި ބަދަލު

• އަމީނީ ރޫޓްގެ ދަތުރުތައް ދެން ކުރާނީ އަމީނީ މަގުން ގޮސް ހަނދުވަރީ ހިނގުމަށް އެޅުމަށް ފަހު، އެ މަގުން މަޖީދީ މަގަށް އަޅައިގެން.

• އޯކިޑް ރޫޓްގެ ދަތުރުތައް ދެން ކުރާނީ މަޖީދީ މަގުން ގޮސް ވެސްޓް ޕާކް ބަސް ސްޓޮޕުން އަނބުރާލާ ގޮތަށް.

• ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރު ކުރާ ބަސްތަކުގެ ދަތުރު ފަށާ އަދި ނިމޭ ބަސް ސްޓޮޕަކީ މާފަންނު ބަސް ޓާމިނަލް.

އަމީނީ މަގާއި އިއްޒުންދީން މަގާ ގުޅޭ ހިސާބަށް ތާރު އެޅުމަށް ފަހު މަސައްކަތް މެދުކަނޑާލީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ދިމާކޮށެވެ.

މަސައްކަތް އަލުން ފެށުމަށް ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކަށް ވެސް ބައެއް ބަދަލުތައް ގެނެސްފައެވެ.

އެ ސަރަހައްދަކީ އަމީނީ މަގުގެ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. އެހެންވެ، އާންމުންނަށް ދަތިނުވާނެ ގޮތަށް މަސައްކަތް ފެށުމަށް އާރުޑީސީއާ އެކު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާއްސަ މަޝްވަރާ ބައްދަލުވުމެއް ވެސް ބޭއްވިއެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި މަހުގެ ކުރީކޮޅެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.