Advertisement

އެޗްއާރްސީއެމްއުން ހުޅުވި ފޮޓޯ މައުރަޒް -- ފޮޓޯ: އެޗްއާރްސިއެމް

10 Dec 2023
ޚަބަރު
ނޫން

ހިއުމަންރައިޓްސް ކޮމިޝަނުގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފޮޓޯ މައުރަޒެއް ފަށައިފި

އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ، ޔުނިވާސަލް ޑެކްލަރޭޝަން އޮން ހިއުމަން ރައިޓްސްއަށް މެމްބަރު ޤައުމުތަކުން ޢަމަލު ކުރަންފެށިތާ 75 އަހަރު ފުރުމާއި، ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ފޮޓޯ މައުރަޒެއް ފަށައިފިއެވެ.

އިއްޔެ ފެށި މި މައުރަޒުގެ ތީމަކީ، "ލެންސް އޮން ހިއުމަނިޓީސް ޖާނީ"އެވެ. ރާއްޖޭގައި ހުންނަ އދ.ގެ އޮފީހާއި، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން ގުޅިގެން ބާއްވާ މި ފޮޓޯ މައުރަޒު، މި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ދާނެކަމުގައި އެޗްއާރްސީއެމުން ހާމަކުރައްވައެވެ.

މި މައުރަޒުގައި ބެހެއްޓިފައިވާ ކޮންމެ ފޮޓޯއަކުން ބަޔާންކޮށްދޭނީ، އިންސާނީ ހައްޤުތަކުގެ ދަތުރުގެ ތަފާތު ބާބެއް ކަމަށާއި، އިންސާނިއްޔަތާއި ފަންނުވެރިކަމާއި ގުޅިފައިވާ ގުޅުން މައުރަޒުން ފެނިގެންދާނެ ކަމުގައި އެޗްއާރްސިއެމްއިން ވަނީ ބުނެފައެވެ.

މި މައުރަޒު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސްކޫލްތަކުގައި ގާއިމްކޮށްފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށް، އެޗްއާރްސީއެމްގެ ފަރާތުން ތަޢާރަފްކުރި ދެ އެވޯޑެއް ފުރަތަމަ ފަހަރަށް ދީފައެވެ. މިއީ "ބެސްޓް ހިއުމަން ރައިޓްސް ކްލަބް" އާއި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް" ނަަމުގައި ތަޢާރަފްކުރި ދެ އެވޯޑެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.