Advertisement

ބަސްމަލާ ބޯޓު ދަނބިދޫގެ ފަރުމައްޗަށް އުރިފައި ---

13 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ބަސްމަލާ ބޯޓު ލ. ދަނބިދޫ ނެރުކައިރިން ފަރުމައްޗަށް ދެވަނަ ފަހަރަށް އުރި ގެއްލުންތައް ލިބިއްޖެ

މާލެއިން ފުރައިގެން ހައްދުންމައްޗަށް ދަތުރުކުރި ބަސްމަލާ ބޯޓު ލ.ދަނބިދޫ ނެރާއި ގާތުން ފަރުމައްޗަށް އުރިއްޖެއެވެ.

މިބޯޓު ފަރަށް އަރާފައި ވަނީ މިއަދު ހެނދުނު6:15 ހާއިިރު، ނެރުން ވަންނަން އުޅުމުގެ ތެރޭގައިއެވެ.

ބޯޓުގެ ކެޕްޓަން، އިސްމާއީލް ރަޝީދު، "ނޫން.އެމްވީ"އަށް މައުލޫމާތު ދެމުން ބުނީ ބޯޓު ފަރުމައްޗަށް އުރެއް ދިމާވީ، އެއީ ދިޔަވަރު ހިކެމުން އައި ވަގުތުކަމަށް ވުމާއި އެކު އަތޮޅުގެ ތެރެއިން މާކަނޑަށް ހިފާފައި އޮންނަ ގަދަ އޮއެވަރުގެ ސަބަބުން ބޯޓު ކޮންޓްރޯލް ނުވުމުން ކަމަށެވެ. އޭނާ ބުނީ އެ ނެރަކީ އެތެރެއަށް ފުޅާކޮށް އަދި ބޭރަށް ހަނިކޮށް ކަނޑާފައިވާ ދިގު ނެރަކަށް ވާތީ، ހިކިދިޔައިގައި އެނެރުމަތިން މާކަނޑަށް ވަރަށް ބާރު އޮއެއްވަރު އޮންނަ ކަމަށާއި، މިއަދުވެސް ބޯޓު ނެރުކައިރިން ފަރުމައްޗަށް އުރެން ދިމާވީ، އޮއިވަރާއި ބޯޓު ފަރުމައްޗަށް ލައްކޮށްލުމުން ކަމަށެވެ. އަދި އެވަގުތު އޮއެވަރުގެ ބާރުކަމުން ބޯޓުގެ އިންޖީނުފުލްކޮށް ޖަހައިގެންވެސް އަނބުރައި ނުލެވުނު ކަމަށާއި، ވީލް ހުންނާގުވެސް އޮއެވަރުގެ ސަބަބުން ރަނގަޅަށް މަސައްކަތް ނުކުރިކަމަށެވެ.

ދަނބިދޫ ކައުންސިލްގެ ރައީސް އިބްރާހީމް މިމްރާހް، "ނޫން.އެމްވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޯޓު ފަރަށް އެރި އިރު ބޯޓުގައި އެއްވެސް ފަސިންޖަރަކު ނެތްކަމަށާއި ތިބީ ފަޅުވެރިންކަމަށެވެ. އަދި ބޯޓުގައި ހުރި މުދާ ސަލާމަތްކުރުމުގެ މަސަކަތް ބޯޓުގެ ވެރިފަރާތާއި ދަނބިދޫގެ ރައްޔިތުންނާއި ގުޅިގެން މިހާރު ކުރަމުންދާކަމުގައި އޭނާ ވިދާޅުވިއެވެ.

ބޯޓުގެ ވެރިމީހާއާއި ތިމާގެ މީހަކު "ނޫން.އެމްވީ"އަށް ބޯޓުގައި އެތައް މިލިޔަން ރުފިޔާއެއްގެ މުދާ ހުރިކަމަށާއި، ވ އަތޮޅާއި، މި އަތޮޅުގެ ރަށްރަށަށް މުދާ ހުސްކުރުމަށްފަހު، ބޯޓު ފަރަށް އެރިއިރު ބޯޓުގައި ހުރީ، ލ. އަތޮޅުގެ ބައެއް ރަށްރަށުގެ މުދާ ކަމަށެވެ. މިގޮތުން 9 ރަށެއްގެ ވިޔަފާރިވެރިންގެ މުދާ ބޯޓުގައި ހުރިކަމުގައި އޭނާ މައުލޫމާތު ދިނެވެ.

ބަސްމަލާ ބޯޓު އުރިފައި އޮތް ތަން ----

ބަސްމަލާ ބޯޓު 2017 ވަނަ އަހަރުގެ ޖޫން 8 ވަނަ ދުވަހުގެ ރޭ ހަމަ އެތަނަށް އުރި މުދަލާއެކު އަޑިޔަށް ދިޔައެވެ. އެފަހަރުގެ ހާދިސާއަށްފަހު ބޯޓު އޮތީ އިންޝުއަރެންސްކުރިކަމުގައިވެސް "ނޫން.އެމްވީއަށް" މައުލޫމާތު ދިން ބޯޓުގެ އޮޑިވެރިޔާއާއި ތިމާގެ މީހާ ބުންޏެވެ.

ދަނބިދޫ ބެންމާ ދަނޑު ނެރުގެ ނަން ދީފައިވާ އެނެރުން ވަންނަ އުޅަނދު ފަހަރަށް އޮއިވަރުގައި ޖެހި ނެރުން ނުވަދެވި ފަރުމައްޗަށް އުރުމުގެ ހާދިސާތައް ހިނގާއިރު، އެމައްސަލަ ހައްލުކުރެވެން އޮތީ ނެރަށް ބަދަލުތަކެއް ގެނެސްގެންކަމަށާއި އެވާހަކަތައް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް ހުށައަޅާތާ އެތައް އަހަރެއްވެއްޖެ ކަމުގައި ދަނބިދޫގެ ބައެއް އޮޑިވެރިންނާއި އުޅަނދުތައް ދުއްވާ ކެޕްޓަނުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.