Advertisement

ހުޅުމާލެއިން ގޯތި ލިބުނު މީހަކަށް ކުރީ ސަރުކާރުގެ ވެރިން ގޯތީގެ އިން ޖަހައިދެނީ ---

13 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް ފުށިދިއްގަރު ފަޅަށް ބަދަލުކުރާ ވާހަކަ ދޮގުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް ހުޅުމާލޭ ފޭސް 3ން ދޫކޮށްފައިވާ ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން އުޅޭކަމަށްބުނެ ދެކެވޭ ވާހަކަތައް އާބަންކޯއިން ދޮގުކޮށްފިއެވެ.

އާބަންކޯގެ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ފަޒުލް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބައެއް މީޑިޔާތަކުން ފަތުރާފައިވާ އެޚަބަރު ދޮގުކުރައްވާފައެވެ.

ފަޒުލް ވިދާޅުވީ، އެޗްޑީސީން ހުޅުމާލެ 3 އިން ބިންލިބުނު ފަރާތްތަކުގެ ބިން ފުށި ދިއްގަރުފަޅަށް ބަދަލުކުރުމަށް ނިންމި ވާހަކައަކީ، ޙަޤީޤަތާއި ޚިލާފު ވާހަކައެއް ކަމަށެވެ. 

ފުށިދިއްގަރުފަޅުން ބިންހިއްކައިގެން އެތަނުގައި މީހުން އާބާދުކުރުމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މިސަރުކާރުން 400 މިލިޔަން ރުފިޔާ ހިމެނިއެވެ. އެހެން ނަމަވެސް މަޖިލީހުން ބަޖެޓް ފާސްކުރީ އެފައިސާ އުނިކޮށްފައި ކަމަށް ވީނަމަވެސް، ބަޖެޓުގެ ބޭރުންް އެމަޝްރޫޢު ހިންގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ ޚަބަރުތައް ދަނީ ފެތުރެމުންނެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިންނާއި 3ން ވަނީ ގިނަ އަަދަދެއްގެ ބަންޑާރަގޯތި ދިރިއުޅުމަށް ދޫކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.