Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

14 Dec 2023
ޚަބަރު

އަމާޒަކީ މި 5 އަހަރުތެރޭ މާލެ ސަރަހައްދުގެ ހުރިހައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން: ހައުސިން މިނިސްޓަރ

އަމާޒަކީ މި 5 އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި އުޅޭ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އެފްޑީސީން އިމާރާތްކުރަމުން އަންނަ "އަމާން ދޯދި" ޓަވަރުތަކުގެ 2 ކޮޓަރީގެ އެޕާޓްމަންޓު ހުންނާނެ ގޮތް ދައްކާލުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވީ، މިއީ ގާތްގަނޑަކަށް 4000 ރައްޔިތުން ބޯހިޔާވަހި ކަމަށް ކުރާ އުއްމީދު ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން މިކަހަލަ އެތައް މަޝްރޫއުތަކެއް ފެށިގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

"އަމާޒަކީ އަޅުގަނޑުމެންގެ މި 5 އަހަރުގެ ދައުރު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބިފައިނުވާ އެއްވެސް އާއިލާއެއް އެއްވެސް ގޭބީސީއެއް ނެތުން. އެ އަމާޒަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ހުޅުމާލެ އެކަންޏެއް ނޫން ގުޅީފަޅާއި، ގިރާވަރު ފަޅާއި އެއީ އަޅުގަނޑުމެންގެ ކުރު މުއްދަތުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ތަންތަން. އޭގެ އިތުރުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް މިސަރަހައްދަށް ބޭނުންވާނެ ގޯތިގެދޮރު އަޅުގަނޑުމެން ފުށިދިއްގަރު ފަޅު ހިއްކައިގެން ހާސިލްކޮށްދޭނަން."

މިނިސްޓަރ ޑރ. އަލީ ހައިދަރު --

އެފްޑީސީގެ "އަމާން ދޯދި"އަކީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ 32 ޓަވަރުގެ ތެރެއިން، އެންބީސީސީން އިމާރާތްކުރަމުންދާ ޓަވަރުތަކެވެ. 

އަމާން ދޯދި ޓަވަރުތަކުގައި 3 ކޮޓަރި އާއި 2 ކޮޓަރީގެ ޔުނިޓުތައް ހުރެއެވެ. .އެފްޑީސީން އަންނަނީ ހުޅުމާލޭގައި 4000 ހައުސިން ޔުނިޓު ތަރައްގީކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ކޮޓަރީގެ 1،200 ޔުނިޓާއި 3 ކޮޓަރީގެ 2،800 ޔުނިޓެވެ. އެންބީސީސީން އަޅަނީ މީގެ ތެރެއިން 2000 ހައުސިން ޔުނިޓެވެ. ބާކީ ހުރި ޓަވަރުތައް އަޅަނީ އިންޑިއާގެ ޖޭއެމްސީންނެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.