Advertisement

ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

13 Dec 2023
ޚަބަރު

ގއ. މާނާގަލާގައި އަޅާ މަލްޓި-ސްޕީޝީސް ހެޗަރީގެ ބިންގާ އަޅައިފި

ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގއ. މާނާގަލާގައި ޤާއިމުކުރަން އެއްބަސްވެފައިވާ މަލްޓި-ސްޕީޝީސް ހެޗަރީގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބިންގާ އަޅައިފިއެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރ، އަލްފާޟިލް އަޙުމަދު ޝާފިޢު އާއި ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އެވެ. 

ޑިޒައިން، ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި ޓްރާންސްފަރ މޮޑެލްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢު، ދުބާއީގެ އެކުއާ ބްރިޖް ގްރޫޕް އާ، 20 އަހަރުގެ މުއްދަތަށް ޙަވާލުކޮށްފައިވަނީ 27 އޮކްޓޫބަރު 2022 ގައެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަލްޓި-ސްޕީޝީސް ހެޗަރީ ފުރަތަމަ ފިޔަވަހީގައި ހެޗަރީއަށް ބޭނުންވާ ސަޕޯޓް އިންފްރާސްޓްރަކްޗަރ ޤާއިމުކޮށް އަދި ދެވަނަ ފިޔަވަހީގައި ހެޗަރީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ ތެރޭގައި ހިމެނޭ ނާސަރީތަކާއި، ލައިވް ފީޑް ޕްރޮޑަކްޝަން ފެސިލިޓީތަކާއި، ލެބޯޓަރީތަކާއި، މޫދު ކޮށިތައް ޤާއިމުކުރާނެއެވެ.

މިހެޗަރީން މަސްވެރިންނަށް ބޭނުންވާ އެމުގެ ބާވަތްތަކާއި، ކުދި ފާނަ އަދި ހުއިފިލަނޑާ އާލާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، އަހަރެއްގެ ތެރޭގައި މަދުވެގެން 100 ޓަނުގެ އެމުގެ ބާވަތް، 1 މިލިއަން ކުދި ކަސްފާނަ އަދި 6 ލައްކަ ހުއިފިލަނޑާ އާލާކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މިއީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކުރުމަށް މިނިސްޓްރީން ކުރިޔަށް ގެންދާ ޕްރޮގްރާމުތަކުގެ ތެރެއިން، މަލްޓި-ސްޕީޝީސް ހެޗަރީއެއް ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ފުރަތަމަ ފަހަރެވެ. މެރިކަލްޗަރގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެ، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.