Advertisement

ރައީސުލްޖުމްހޫރިއްޔާ މިއަދު މަޤާމްތަކަށް ޢައްޔަނުކުރެއްވި ބޭފުޅުން ---

13 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އިތުރު 13 ބޭފުޅުން ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އިތުރު 13 ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ސްޓޭޓް މިނިސްޓަރުން އައްޔަނުކުރައްވާފައި ވަނީ، 10 މިނިސްޓްރީއަކަށެެވެ. އޭގެ ތެރޭގައި ހިމެނެނީ، ހެލްތު މިނިސްޓްރީއަށް އައްޔަނު ކުރެއްވި ދެ ސްޓޭޓް މިނިސްޓަރުންނާއި، ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީއަށް އަައްޔަނު ކުރެއްވި 3 ސްޓޭޓް މިނިސްޓަރުންނާއި، ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ލޯކަލް ގަވަރމެންޓް މިނިސްޓްރީ އާއި މިއިން ކޮންމެ މިނިސްޓްރީއަކަށް އައްޔަނުކުރެއްވި އެއް ސްޓޭޓް މިނިސްޓަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ސްޓޭޓް މިނިސްޓަރުންގެ މަޤާމަށް ޢައްޔަނު ކުރެއްވި ބޭފުޅުންނަކީ:

1- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް - ޝެރީނާ ޢަބްދުއްޞަމަދު، ސ. މަރަދޫ، ސަނީޑޭލް.

2- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް - ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ.

3- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން - ޢާއިޝަތު ޞަފޫރާ، ސ. ފޭދޫ، އީރާނުގެ.

4- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް - މުޙައްމަދު ޛަހީން، ހއ. ކެލާ، އުފަންވެލި.

5- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް - އާމިނަތު ޝިރުނާ، މއ. ދަޑިކޮށީއިރުމަތީގެ.

6- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް - އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު، ގއ. ދެއްވަދޫ، ނާރެސް.

7- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް - އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން، މ. ޕެޓީބާރޑް.

8- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - މަރްޔަމް ޢަޛުރާ އަޙްމަދު، މ. ހުކުރަދިގެ.

9- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އަޙްމަދު ޢާޠިފް، އއ. ފެރިދޫ، ޝަބްނަމްގެ.

10- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - ޢާއިޝަތު ޒުހުރުބާނު، ލ. ފޮނަދޫ، ހުރާ.

11- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ - އިބްރާހީމް މިމްރާޙް، ރ. އިންނަމާދޫ، ސީތާ.

12- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޢަބްދުއްލަޠީފް އަޙްމަދު ، ދަފްތަރު. ނަންބަރު ރސ 2345.

13- މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް - މުޙައްމަދު މާހިރު، ގ. ގާކޮށި ފްލެޓް ބީ110

 ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަނު ކުރެއްވި މި 13 ބޭފުޅުންނާއި އެކު، މިހާރު މިސަރުކާރުގައި ޖުމުލަ 63 ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.