Advertisement

ކޭޕާކް ރެސިޑެންޓްސްގެ އިމާރާތުގެ ތްރީޑީ ކުރެހުމެއް --

14 Dec 2023
ޚަބަރު

ކޭޕާކުގެ 23 އެޕާޓްމަންޓް، 50އަށް ވުރެ ގިނަ މީހުންނަށް ވިއްކާފައިވޭ: ޕީޖީ

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށާއި މިގޮތުން 23 އެޕާޓްމަންޓެއް 50 ވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، ކޭ-ޕާކުގެ މައްސަލަ ތަހްޤީޤުކޮށް އޭގެތެރެއިން ބައެއް މައްސަލަތަކުގައި ދައުވާ ކުރަން ހުށައަޅާފައިވާ އިރު، ކޭޕާކުގެ އެއް އެޕާޓްމަންޓް ހަމީހުންނަށް ވިއްކާފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން، ކޭޕާކްގެ K1104 އެޕާޓްމަންޓް 6 މީހަކަށް އަދި K506 ވަނަ އެޕާޓްމަންޓްވެސް 6 މީހަކަށް ވިއްކާފައިވާކަން، ޕްރޮސެކިއުޓަރ ޖެނެރަލް ހާމަކުރައްވާފައިވާ މައުލޫމާތުން އެނގެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އެމައްސަލަތަކުގެ ތުހުމަތު ކުރެވިފައިވާ، މއ.އެރަލްސީ، ޙަސަން މަމްދޫހްގެގެ މައްޗަށާއި އެކަމުގައި ބައިވެރިވެފައިވާ އިތުރު ފަރާތެއް ކަމުގައިވާ، ރ.އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުގެ މައްޗަށް ދަޢުވާ ކުރުމަށް ކުރިމިނަލް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. މިގޮތުން އެ ދެމީހުންގެ މައްޗަށް ޖުމުލަ 201 ދައުވާއެއް ހުށައަޅާފައިވާ ކަމަށާއި އެދަޢުވާ ތަކުގައި މިމައްސަލަތަކުގެ ސަބަބުން، ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް އެދިފައިވާނެ ކަމުގައި ޕީޖީ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ކޭޕާކު މައްސަލައިގައި އެދެމީހުންގެ ތެރެއިން ޙަސަން މަމްދޫހުގެމައްޗަށް 100 ވުރެ ގިނަ ދައުވާކޮށްފައި ވާއިރު،ޖައިޝާން ސަޢީދުގެ މައްޗަށް 90 ވުރެ ގިނަ ދައުވާ ވަނީ ކޮށްފައެވެ.

އެދެމީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ، ގެއްލުން ލިބުނު ކޮންމެ މީހެއްގެ މައްސަލައިގައި ކުރާ ދައުވާތައް ވަކިވަކީންނެވެ. މިގޮތުން ހަސަން މަމްދޫހުގެ މައްޗަށް ކޮށްފައިވަނީ، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާއަކާއި، ޓެކުމުގެ ކުށުގެ 50 ދައުވާއަކާއި، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ އާއި،މަނީ ލޯންޑްރިންގ ގެ ކުށުގެ އެއް ދައުވާއެވެ. މިހާރު ތަޙްޤީޤު ނިމިފައި ހުރި މައްސަލަތަކާއިއެކު މަމްދޫހުގެ މައްޗަށް ޖުމުލަ 104 ދައުވާއެއް ވަނީ ކޮށްފައެވެ.

ރ.އަލިފުށި، ކިނާރާ، ޖައިޝާން ސަޢީދުގެ މައްޗަށް ކޮށްފައި ވަނީ، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާއަކާއި، ދަށުން، ޓެކުމުގެ ކުށުގެ 20 ދައުވާއަކާއި،ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާ އަކާއި، އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ ކުށުގެ 47 އެއްގެ އިތުރުން މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެކެވެ.

އެދެމީހުންގެ މައްޗަށް ކުރި މި ދަޢުވާތަކުގެ ތެރެއިން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ޙިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްޙަނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާތީކަމުގައި ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އަދި ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާތައް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 (ސަތޭކަ ދިހައެއް) އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، މި ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕަރޓްމަންޓްތައް ވިއްކިއިރު، އެއް އެޕަރޓްމަންޓްއެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާ، އެމީހުންގެ އަތުން ފައިސާ ޓަކައިގަނެފައިވާތީ ކަމަށާއި، އަދި އޮޅުވާލުމުގެ ދަޢުވާކޮށްފައިވަނީ އެއް އެޕަރޓްމަންޓްއެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކިއިރު އެކަން އެޕަރޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީކަމުގައިވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މައްސަލައާ ގުޅިގެން މަނީ ލޯންޑްރިންގ އާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ، އެ ފައިސާ އޮޅުވާލައިގެން ދައުރުކޮށް، ބޭނުންކޮށްގެން، ހުޅުމާލޭގައި އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން ތަރައްޤީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ އެޕަރޓްމަންޓްއެއް ގަނެފައިވާތީ ކަމުގައިވެސް ޕީޖީއޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ކޭޕާކު ރެސިޑެންޓްގެ އެޕާޓްމަންޓްތައް ވިއްކުމުގައި ހިންގާފައިވާ މިސްކޭމާއި ގުޅޭ އިތުރު މައްސަލަތައް އަދިވެސް ފުލުހުން ތަޙްޤީޤުކުރަމުންދާތީ، އެ ބައިތަކުގެ ތަޙުޤީޤު ނިންމައި ފުލުހުން ޕީޖީއަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، މި މައްސަލައިގައި އިތުރު ދަޢުވާތައް ކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.