Advertisement

ފަރަށް އެރި ބަހާދަރު ބޯޓުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސިފައިން ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

13 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި

މާލެއިން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ހދ. ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ބަހާދަރު ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ، ރޭ މެންދަމުން އަލިވެ 2:30 ހާއިރުގައި ކަމަށެވެ. އަދި "ބަހާދަރު" އުރިފައި ވަނީ ނ.ދެކަނަންފަރު ކައިރީގެ ފަަރަކަށް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ބޯޓު ފަރަށް އެރިއިރު އެބޯޓުގައި، 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުން ތިބި ކަމަށާއި، ބޯޓުގައި ތިބި ފަސިންޖަރުން، 17 މީހަކު މިހާރު ށ. ކޮމަންޑޫއަށް ގެންގޮސްފައިވާ ކަމަށާއި ފަސިންޖަރުންގެ ތެރެއިން ބާކީތިބި 31 މީހުން "ފްލައިންގ ފިޝް 17" ނަކަމަށް ކިޔާ ދޯންޏެއްގައި ހދ ކުޅުދުއްފުއްޓަށް ގެންދެވިފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

އަދި ބަހާދަރު ބޯޓުގައި ތިބި 10 ފަޅުވެރިން ތިބީ ބޯޓުގައި ކަމަށާއި އެބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.