Advertisement

ފުށިދިއްގަރު ފަޅު --

13 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ފުށިދިއްގަރުފަޅު ގުޅީ ކައުންސިލްގެ އިޙްތިޞާސްގެ ތެރެއިން ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ވަޢުދު ފުރިހަމަކުރެއްވުމަށް ބިންހިއްކައި ތަރައްޤީކޮށް އާބާދުކުރެއްވުމަށް ހަމަޖައްސަވާފައިވާ، ފުށިދިއްގަރުފަޅު ގުޅީ ކައުންސިލްގެ އިޙްތިޞާސްގެ ތެރެއިން ވަކިކުރައްވައިފިއެވެ.

ގުޅީ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ފުށިދިއްގަރުފަޅުގެ ބައެއް ހިމެނޭ އިރު، އެބަދަލު ގެނެސްފައި ވަނީ، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މާލެއަތޮޅު ގުޅީގެ އިދާރީ އިހްތިޞާސްގެ ތެރެއިން ފުށިދިއްގަރު ފަޅު ވަކިކުރެއްވި އިރު އެފަޅަކީ ގުޅިއޮންނަ ފަޅާއި ވަކިން އޮންނަ ފަޅެކެވެ. އަދި ގުޅީގެ އިހްތިޞާސްގެ ތެރޭގައި ހިމަނާފައި ކުރިން އޮތިީ އެފަޅުގެ ދެކުނު ބިތުގެ ބައެކެވެ.

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު ހިންގުމަށް ހަމަޖައްސާފައި ވަނީ ފުށިދިއްގަރުފަޅުގައި ކަމަށް ވާއިރު އެފަޅުގައި އެމަޝްރޫއަށް މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމެނި 400 މިލިޔަން ރުފިޔާ މަޖިލީހުން ވަނީ ބަޖެޓުން އުނިކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.