Advertisement

ފޮޓޯ: އެމްއެންޑީއެފް

13 Dec 2023
ޚަބަރު

30 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވުމަށްފަހު 2 މޭޖަރ ޖެނަރަލަކު ރިޓަޔަރކުރައްވައިފި

އެމްއެންޑީއެފަށް 30 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި 2 މޭޖާ ޖެނަރަލަކު އެ ހިދުމަތުން ރިޓަޔާކުރައްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ރިޓަޔާކުރައްވާފައި ވަނީ މޭޖާ ޖެނެރަލް، ވައިސް ވަހީދާއި މޭޖާ ޖެނަރަލް، ހާމިދު ޝަފީގެވެ.

ވައިސް ވަހީދަކީ 34 އަހަރަށް ވުރެ ގިނަ ދުވަހު އެ ހިދުމަތަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ވައިސް ވަހީދު ސިފައިންގޭގައި މަސައްކަތް ކުރައްވަމުން ގެންދެވީ 1989, ޖޫން 19 އިން ފެށިގެންނެވެ. ރިޓަޔާ ކުރެއްވިއިރު ހުންނެވީ ކޮމާންޑަންޓް އެމްއެންޑީއެފް މެރިން ކޯޕްސް އަދި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައެވެ.

ހާމިދު ޝަފީގަކީ 33 އަހަރަށް ވުރެ ގިނަ ދުވަހު އަސްކަރިއްޔާއަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށް ވަނީ ބުނެފައެވެ. ހާމިދު ސިފައިންގޭގައި މަސައްކަތް ކުރައްވަމުން ގެންދެވީ 1990, މާޗް 11 އިން ފެށިގެންނެވެ. ރިޓަޔާ ކުރެއްވިއިރު ހުންނެވީ ކޮމާންޑަންޓް އެމްއެމްޑީއެފް ސާވިސް ކޯޕްސްގެ މަގާމުގައެވެ.

މި 2 ބޭފުޅުން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވިއިރު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރެއިން ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ ރިޓަޔާ ކުރައްވައިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.