Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު، ފޮޓޯ: ރައީސް އޮފީސް

18 Dec 2023
ޚަބަރު

ރައީސް ޔާމީނަކީ ކުށްވެރިއެއްކަމަށް ދޭހަވާ އިބާރާތަކުން ޗީފް ސްޕޯކްސްޕާސަން ވާހަކަފުޅު ދައްކަވައިފި

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހަރު އަޑުން ވިދާޅުވަމުން ގެންދެވި އެންމެ މުހިންމު އެއް ވާހަކައަކީ، އިންތިހާބު ކާމިޔާބުވެއްޖެނަމަ އެންމެ ފުރަތަމަ ދުވަހު އެންމެ ފުރަތަމަކަމަކަށްވެސް ކުރައްވާނެ ކަމަކީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލުން މިނިވަންކުރުންކަމަށެވެ.

އޭގެ ފަހުން އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ލިބިލެއްވި ކާމިޔާބީ ފާހަގަ ކުރެއްވުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވީ، ނޮވެމްބަރ 17 ވަނަ ދުވަހާއި ހަމައަށް ދާއިރު އޭރުގަ އޮތް ސަރުކާރުގެ ނުފޫޒެއް ނެތްކަމުގައި ވާނަމަ، ރައީސް ޔާމީން މިނިވަންވާނެކަމަށެވެ. އޭގެ ފަހުން އެތައް ދުވަހެއްވެ، އެ މަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވެވިތާ ވެސް މިހާރު އެއް މަސް ދުވަސް ފާއިތުވީއެވެ.

ނަމަވެސް އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމުގައި ނިންމަވާފައިވާ ކަންތައްތައް މީޑިއާތަކާ ޙިއްސާ ކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މިހާރު ޝަރުއީ ދާއިރާ މިނިވަންވެފައިވާކަމަށެވެ.

"ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފަ އޮތީ ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަންވީކަމަށް. ޝަރުއީ ނިޒާމް މިނިވަންވުމަކީ ޝަރުއީ ނިޒާމް ތެރެއަށް އަތް ބާނައިގެން ވަކި ގޮތަކަށް ހުކުމް ކުރާކަށް އެއްވެސްކަމެއް ނުކުރައްވާނެ ވާހަކަ"، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވިއެވެ.

ނަމަވެސް މިއަދާއި ހަމައަށް އައިއިރު ރައީސް ޔާމީން މިނިވަންވެފައި ނުވުމުން ދޭހަވާ އެއްކަމަކީ، ރައީސް ޔާމީން އެ ހުންނެވީ "ހަރާން ހުކުމެއް" ގައި ނޫންކަމެވެ.

މީގެ އެތައް ޒަމާނެއް ކުރިން ސިޔާސީގޮތުން ދެކެވެމުން އަންނަ އެއް ވާހަކައަކީ، ރާއްޖޭގެ ކޯޓުތައް މިނިވަން ނޫން ކަމުގެ ވާހަކައެވެ. ރާއްޖޭގައި އެއިރަކު ވެރިކަން ކުރައްވާ ބައެއްގެ ނުފުޒު ކޯޓުތަކަށް ފޯރުވާ ވާހަކައެވެ. މިކަމަށް އިޝާރާތް ކުރައްވައި ރައީސް ޑރ. މުއިއްޒުގެ ކެމްޕެއިން ދުވަސްވަރު އެންމެ ބޮޑަށް ފާހަގަ ކުރެއްވެވި އެއްކަމަކީ އެ މަނިކުފާނު ކޯޓުތައް މިނިވަން ކުރައްވާނެކަމުގެ ވާހަކައެވެ. އެހެންކަމަށް ވާނަމަ، ރައީސް ޔާމީނުގެ މައްސަލައަކީ ސިޔާސީ ނުފޫޒުން ވަކި ގޮތަކަށް ނިންމާފައިވާ މައްސަލައެއްނަމަ، ކޯޓުތައް މިނިވަން ވުމުން އެކަން ރުޖޫއަކުރަން މަސައްކަތް ކުރީހެވެ. ނަމަވެސް އެކަމުގެ އެއްވެސް އިޝާރާތެއް ނެތީ އެ ހުކުމުގައި މައްސަލައެއް ނެތުމުންކަމަށް ގަބޫލު ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.