Advertisement

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ކެބިނެޓް --

17 Dec 2023
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޢަލީ ސުލައިމާން

ރައްޔިތުންގެ މިދައުރުގެ ފަހު ޖަލްސާ މާދަމާ: ވަޒީރުންނަށް ރުހުން ދިނުމަށާއި، ރައީސުލްޖުމްހޫރިޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުން ފަސޭހަކުރި އިސްލާޙުތްކަށް ވޯޓަށް އަހާނެ

ވަޒީރުންނަށް ރުހުން ދިނުމަށާއި، ރައީސުލްޖުމްހޫރިޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުން ފަސޭހަކުރި އިސްލާޙުތްކަށް ވޯޓަށްއަހާގޮތަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ހަމަވަނީ ނޮވެމްބަރު މަހުގެ 29އަށް ނަމަވެސް މަޖިލީހުގައި ބައެއް މަސައްކަތްތައް ނުނިމިހުރުމާއި އެކު މަޖިލީހުގެ ދައުރު ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ވަނީ ދަންމާލާފައެވެ. އެހެންވެ މާދަމާ ބާއްވާނީ ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާއެވެ.

މާދަމާގެ ޖަލްސާގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން އަދި އާއްމެއް ނުކުރެއެވެ. އެހެން ނަމަވެސް މާދަމާ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމާއި ކޮމިޓީތަކުގެ ނިންމުންތަކަށް މާދަމާ ވޯޓަށް އަހާނެކަން މެމްބަރުންނަށް ވަނީ އަންގާފައެވެ.

މިގޮތުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓް މިނިސްޓަރުންނަށް ރުހުން ދިނުމާއި މެދު ވޯޓަށް އެހުމާއި، ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓުނަގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުން ފަސޭހަވެގެން ދާގޮތަށް މަޖިލީހުގެ ޤަވާއިދަށް އާއްމު ކޮމިޓީން ގެނައި އިސްލާޙްތައް ފާސްކުރުމަށް ވޯޓަށް އެހުން އޮންނާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.