Advertisement

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާޢީލް

17 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އަންސްކިލްޑް ބަނގުލަދޭޝްގެ ލޭބަރުން ރާއްޖެގެނައުމަށް ހުޅުވާލީ ޤާނޫނާ ޚިލާފަށް: ކުރީގެ މިނިސްޓަރ ފައްޔާޒް

ބަންގަލަދޭޝްއިން މީހުންގެނެސް 2019 ވަނަ އަހަރުގެ ކުރިން، ބަޔަކު ކުރަމުން ދިޔަ އިންސާނީ ވަގުފާރި ވިޔަފާރި އަކީ, އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ މުޑުދާރު ވިޔަފާރިއެއްކަމަށާއި، އަލުން ޤާނޫނާ ހިލާފަށް އެކަން ހުޅުވާލުމަކީ ޤައުމީ ސަލާމަތަށް އަދި ދިވެހި އިޤުތިސޯދާއި އިޖުތިމާއީ ފޭރާމަށް ހުރިނުރައްކަލެއްކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، ރާއްޖެއަށް އަންސްކިލްޑް ބިދޭސީ ލޭބަރުން ގެނެވޭނެ ހަމައެކަނި ޤައުމަކީ، ބަނގުލަދޭޝްކަމުގައި ސަރުކާރުން ކަނޑައަޅައި އެޤައުމުން ރާއްޖެއަށް ބިދޭސ ީ ލޭބަރުން ގެނައުމަށް ސަރުކާރުން ހުޅުވާލުމާއި ގުޅިގެންނެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާޢީލް

މީގެ އިތުރުން، ކުރީގެ މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، ކޯޓާ ދޫކުރުން އަދި އިމިގްރޭޝަން ހޯމް މިނިސްޓްރީ ދަށުގަ އޮވެ، ކޯޓާ ފްރޯޑް ތުހުމަތުގަ ފުލުހުންގެ ޚިދުމަތުގައި ކޭސް ފައިލް ކުރެވިފައިވާ ފަރާތަކާ ކޯޓާ ކަންކަން ހަވާލުކޮށް ޤާނޫނުގަ ކަނޑައެޅިފަވާ އަދަދު ހަމަވެފަވާ ޤައުމަކުން ޤާނޫނާހިލާފަށް ހަމައެކަނި މީހުން އެތެރެކުރަން ނިންމި ނިންމުމަކީ އެކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާޢީލް

ވަޒީފާއާ ބެހޭ ޤާނޫނުގެ 61 ވަނަ މާއްދާގެ 1 ވަނަ ނަމްބަރުގެ (ހ)ގައި ބަޔާންކޮށްފައި ވަނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމަށްޓަކައި އެއް ޤައުމަކުން އެންމެ ގިނައިން ދިވެހިރާއްޖެއަށް ގެނެވޭނީ އެއްލައްކަ މީހުންކަމަށެވެ. ރާއްޖޭގައި މިހާރުވެސް އެއަދަދަށްވުރެ ގިނަ ބަނގުލަދޭޝް މީހުން ތިބިއިރު، ރާއްޖޭގައި ޤަވާއިދާއި ޚިިލާފަށް އުޅޭ ބިދޭސީންގެ ތެރޭގައި އެންމެ ގިނައީވެސް ބަނގުލަދޭޝް މީހުންނެވެ.

ބަނގުލަދޭޝް އިން ރާއްޖެއަށް ލޭބަރުން އެތެރެކުރުން ކުރީ ސަރުކާރުން އޮތީ 2019 ވަނަ އަހަރުންފެށިގެން ހުއްޓާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.