Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

19 Dec 2023
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރަސްމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ބޭނުމެއް ނުކުރެވޭނެ!

މިހާތަނަށް ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑުރަށް، ރަސްމާލޭގައި ފޮސިލްފިއްުލް އަންދައިގެންދުއްވާ އިންޖީނުލީ އުޅަނދުފަހަރު ނުދުއްވޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ފުށިދިއްގަރުފަޅުގައި ތަރައްޤީކުރާ 1153 ހެކްޓަރުގެ ރަސްމާލެ ވެގެންދާނީ، އެއްރަށެއްގެ ގޮތުގައި އޮންނަ ރާއްޖޭގެ އެންމެ ބޮޑު ރަށަށެވެ. އެމަޝްރޫޢުގެ ބިންހިއްކުމަށް އިއްޔެ ފުށިދިއްގަރުފަޅުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަޝްރޫޢާގުޅޭ ބައެއް ތަފްޞީލްތައް ޙިއްޞާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެއަކީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި ކަނޑައަޅުއްވާނެކަމަކަށެވެ. މިގޮތުން އަދި މުޅި ސިޓީ ހިންގުމުގައި ވެސް ބޭނުންކުރާނީ ޢިއާދަކުރަނިވި ޙަކަތަކަމުގައި ހައްދަވާނެ ކަމަށާއި، ރަސްމާލޭގައި ދުއްވާ އުޅަނދުފަހަރު ވެސް ވާނީ ތިމާވެށްޓާއި ރައްޓެހި ޙަކަތަ ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުފަހަރުގެ ގާތްގަނޑަކަށް %97 އަކީ، ޕެޓްރޯލާއި ޑީސަލްއަންދައިގެން ދުއްވާ އުޅަނދު ފަހަރެވެ. އަދި މާލެ ސަރަހައްދުގައި މިހާރު ދުއްވާ ސައިކަލު ތަކުގެ %99 އިންސައްތައަކީ ޕެޓްރޯލް އަންދައިގެން ދުއްވާ އުޅަނދުތަކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.