Advertisement

20 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ދިވެހި ލީގު މާޒިޔާއިން ކާމިޔާބުކޮށްފި

އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއަ ލީގުގެ ފަހު މެޗު 1-0 އިން ކްލަބް އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފިއެވެ.

މި މެޗަށް އީގަލްސްއިން ނިކުތީ އެ ކްލަބުގެ ތާރީޙު ފަވާލުމުގެ ނިޔަތުގައެވެ. އެއީ ކްލަބުގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކޮށްގެނެވެ. ނަމަވެސް ފަހު މެޗުން ލިބުނު ނާކާމިޔާބީއާއެކު، އީގަލްސްއަށް ލީގު ކާމިޔާބު ކުރެވޭނެގޮތެއް ނުވިއެވެ.

ލީގު ނިމުނުއިރު 16 މެޗުން އީގަލްސްއަށް ލިބިފައި އޮތީ 35 ޕޮއިންޓެވެ. އަދި މި އަދަދަށް މެޗު ކުޅެގެން މާޒިޔާ ހޯދީ 40 ޕޮއިންޓެވެ

މާޒިޔާއިން އެންމެ ފުރަތަމަ ލީގު ކާމިޔާބުކުރީ 2016 ވަނައަހަރެވެ. އޭގެ ފަހުން އެ ޓީމުން ވަނީ 20/2019، 21/2020 އަދި 2022 ގައި ވެސް ލީގު ކާމިޔާބުކޮށްފައެވެ

ދިވެހި ލީގުގައި އާންމުކޮށް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ތިން ފަހަރު ކުޅެއެވެ. ނަމަވެސް ލީގުގައި މި ފަހަރު ކުޅުނީ ދެ ބުރެވެ. އެއީ މާލީ ހާލަތު ހުރިގޮތުން ބައެއް ޓީމުތައް ލީގުން ވަކިވުމުންނެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.