ދިވެހި ޕްރިމިއަރ ލީގު
24 Nov 2023
ކުޅިވަރު
ދިވެހި ލީގުގެ ތިން ވަނަ ބުރު ނުކުޅެން ނިންމައިފި
މިހާރު ކުރިޔަށްދާ، އެމް. ޑަބްލިޔު.އެސް.ސީ. ދިވެހި ޕްރިމިއަރ ލީގުގެ ތިން ވަނަ ބުރެއް ނުކުޅޭން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، އެފްއޭއެމް އިން މިގޮތަށް ނިންމާފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ އެކްޒެކެޓިވް ކޮމެޓީގައި، ކްލަބް ތަކާ މަޝްވަރާ ކުރުމަށްފަހުއެވެ.
20 Nov 2023
ކުޅިވަރު
ދިވެހި ލީގުގައި ޔޫވީ ކޮޅަށް މާޒިޔާއިން ގިނަ ގޯލުތަކެއް ޖެހިއިރު، އީގަލްސްއިން ވެސް ތިން ޕޮއިންޓު ހޯދި
ގަލޮޅު ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން މާޒިޔާ ކާމިޔާބު ކޮށްފިއެވެ. މި މެޗު 11-0 ކާމިޔާބުކޮށް މާޒިޔާއިން ވަނީ ލީގުގައި މިހާރު ޖުމްލަ 25 ޕޮއިންޓު ހޯދާފައެވެ.
17 Nov 2023
ކުޅިވަރު
އީގަލްސް އިން ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި
އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުތަކަށާއި، ވޯލްޑް ކަޕް/އޭޝިއަން ކަޕްގެ ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ދެ މެޗަށް ދިވެހި ޕްރިމިއަރ ލީގު މެދުކަނޑާލާ، ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު އަލުން އަނބުރާ ލީގު ފެށި މެޗު އީގަލްސް އިން ކާމިޔާބުކޮށްފިއެވެ. މިއީ އޯގަސްޓް 29 ވަނަ ދުވަހަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.
15 Nov 2023
ކުޅިވަރު
ދިވެހި ލީގު މާދަމާ ފެށި ނަމަވެސް، ވެލެންސިއާ ދެން ލީގުގައި ވާދަ ނުކުރަން ނިންމައިފި
ދިވެހި ފުޓުބޯޅައިގައި ދިގު ތާރީހެއް އޮތް ކްލަބް ވެލެންސިއާއިން ދިވެހި ޕްރިމިއަރ ލީގުގެ ބާކީއޮތް މެޗުތައް ނުކުޅެން ނިންމައިފިއެވެ. މިކަން އިއުލާން ކުރުމުގެ ގޮތުން އެ ކްލަބުން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ ކްލަބުން މި އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ބާކީ ހުރި މެޗުތައް ނުކުޅެން ނިންމާ އެކަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހިއްސާކޮށްފައިވާނެ ކަމަށެވެ.
14 Nov 2023
ކުޅިވަރު
ބުރާސްފަތި ދުވަހު ދިވެހި ލީގުގެ ކުޅުން އަލުން ފަށަން ނިންމައިފި
އެންމެ ފަހުން މި ސީޒަނުގެ ލީގު މެޗެއް ކުޅެފައިވަނީ އޯގަސްޓް 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާރު ދެ މަސް ފާއިތުވެއްޖެއެވެ. އޭރު ލީގު މެދުކަނޑާލީ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ މެޗުތަކަށާއި، ވޯލްޑް ކަޕް/އޭޝިއަން ކަޕްގެ ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ދެ މެޗަށެވެ.