Advertisement

އީގަލްސް އާއި ޔޫވީ ބައްދަލު ކުރި މެޗުގައި ފޭދޫ އިއްބެ ބޯޅަ ހިފައިގެން ދަނީ، ފޮޓޯ: އެފްއޭއެމް

17 Nov 2023
ކުޅިވަރު

އީގަލްސް އިން ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި

އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުތަކަށާއި، ވޯލްޑް ކަޕް/އޭޝިއަން ކަޕްގެ ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ދެ މެޗަށް ދިވެހި ޕްރިމިއަރ ލީގު މެދުކަނޑާލާ، ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު އަލުން އަނބުރާ ލީގު ފެށި މެޗު އީގަލްސް އިން ކާމިޔާބުކޮށްފިއެވެ. މިއީ އޯގަސްޓް 29 ވަނަ ދުވަހަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު އީގަލްސް އިން ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑް ވިކްޓަރީއާ ބައްދަލުކޮށް، 8-1 އިން ޔުނަޓެޑް ވިކްޓްރީ ބަލިކޮށްގެންނެވެ.

މި މެޗުގައި އީގަލްސް ގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) ވަނީ ހެޓްރިކެއް ވެސް ހަދާފައެވެ. ރިޒޭގެ އިތުރުން އެ ޓީމަށް ގޯލުތައް ކާމިޔާބު ކޮށްދިނީ އީސަ، މިލޮވާން ޕެޓްކޮވިޗް، އަބްދުﷲ ޒުހާން، ޒައިން ޒަފަރު އަދި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ، އީގަލްސް އިން 7 ގޯލު ޖަހާފައިވަނިކޮށް ލިބުނު ހަމައެކަނި ފުރުސަތުގެ ބޭނުން ހިފާ ޝަނާން ރަޝާދުއެވެ.

މި މޮޅާއެކު 4 ޕޮއިންޓުގެ ލީޑެއްގައި، ޖުމްލަ 26 ޕްއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ އީގަލްސްއެވެ. އަދި އީގަސްލްސްއަށް ވުރެން ދެ މެޗު މަދުން ކުޅެ 22 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މާޒިޔާއެވެ.

ވެލެންސިއާ މުބާރާތުން ވަކިވުމާ ގުޅިގެން، ބުރާސްފަތި ދުވަހުގެ ރޭ ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު ނުކުޅެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.