ނޫސްވެރިން ފާޅުކުރި ކަންބޮޑުވުމާއި އެކު ރައީސް އޮފީހުގެ ނިންމުން ބަދަލުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރި މިޚަބަރުގައިވާ މައުލޫމާތަށް ބަލާއިރު، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ފޯނާއި އެކު ނޫސްވެރިން ނުވެއްދުމަށް ނިންމި ނިންމުމަށް މިހާރު މިވަނީ ބަދަލު ގެނެސްފައެވެ. އެއޮފީހުން އިތުރަށް ބުނެފައި ވަނީ، ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުޞަތުގައި އަރުވާ ކަމަށެވެ.