Advertisement

ފޮޓޯ: ރައީސް އޮފީސް

03 May 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

މާޒިޔާއިން ޕްރެޒިޑެންޓްސް ކަޕް ދެވަނަ ފަހަރަށް ކާމިޔާބުކޮށްފި

އަންގާރަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު ޕްރެޒިޓެންޓްސް ކަޕްގެ ފައިނަލް މެޗުގައި ކްލަބް އީގަލްސް ބަލިކޮށް, މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މި މުބާރާތް ދެވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ. މިއީ މާޒިޔާ އިން ޕްރެޒިޓެންޓްސް ކަޕްގެ ފައިނަލުގައި ކުޅުނު ހަތަރު ވަނަ ފަހަރެވެ.

ފައިނަލުގައި އީގަލްގެ މައްޗަށް މާޒިޔާ ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. އީގަލްސްއިން ފުރަތަމަ ހާފުގައި އެފެއްދި ގިނަ ހަމަލާތަކެއް މާޒިޔާގެ ކީފަރު, މުޙައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ. މާޒިޔާގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިބްރާހިމް އައިސަމްއެވެ. އައިސަމް މި ގޯލު ކާމިޔާބުކުރީ ނާއިޒު ހަސަން (ދާދު) ނެގި ހުރަހަކުން އޭރިއާ ތެރޭގައި ހުރެ އެއް ފަހަރުން ބޯޅަ ފޮނުވާލައިގެނެވެ.

މާޒިޔާއަށް ލީޑު ފުޅާ ކުރުމަށް ދެވަނަ ހާފުގައި ލިބުނު ފުރުސަތުތައް ބޭކާރުވެފައި ވަނިކޮށް, އެ ޓީމަށް ދެވަނަ ގޯލެއް ކާމިޔާބު ކުރެވުނީ ދެވަނަ ހާފުގެ އިތުރު ވަގުތުގައެވެ. މި ގޯލު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އައިސަމްއެވެ. މެޗު ބަދަލުކޮށްލި ދެ ގޯލާއި އެކު, މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އައިސަމްއެވެ.

މިއީ އީގަލްސް އިން މި މުބާރާތުގެ ފައިނަލުގައި ކުޅުނު ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2014 ވަނަ އަހަރުގެ ފައިނަލުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްއާއި ދެކޮޅަށް ކުޅުނު މެޗުގެ 90 މިނެޓު ކުޅުނު އިރު, އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. އެ ފަހަރު އީގަލްސް ބަލިވީ "އެކްސްޓްރާ ޓައިމް" ގައެވެ. ނަމަވެސް ޓީ. ސީ. ސްޕޯޓްސް ބަލިކޮށް އީގަލްސް އިން ވަނީ މި މުބާރާތުގެ ތަށި 2016 ވަނަ އަހަރު އުފުލާލާފައެވެ.

މާޒިޔާ އިން ޕްރެޒިޓެންޓްސް ކަޕްގެ ފައިނަލުގައި އެންމެ ފުރަތަމަ ކުޅުނީ 2013 ވަނަ އަހަރުއެވެ. އެއީ ނިއުރޭޑިއަންޓް އާއި ދެކޮޅަށެވެ. އެ މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ނަމަވެސް މާޒިޔާ އިން ވަނީ 2015 ވަނަ އަހަރު 3-1 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ބަލިކޮށް ޕްރެޒިޓެންޓްސް ކަޕްގެ ތަށި އުފުލާލާފައެވެ. މި މުބާރާތުގެ ފައިނަލުގައި ދެން މާޒިޔާ ކުޅުނީ 2021-2022 ސީޒަނުގައެވެ. އެފަހަރު މާޒިޔާ ބަލިވީ ކްލަބް ވެލެންސިއާ އާއި ވާދަކޮށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.