Advertisement

ފޮޓޯ: އެފްއޭއެމް

20 Nov 2023
ކުޅިވަރު

ދިވެހި ލީގުގައި ޔޫވީ ކޮޅަށް މާޒިޔާއިން ގިނަ ގޯލުތަކެއް ޖެހިއިރު، އީގަލްސްއިން ވެސް ތިން ޕޮއިންޓު ހޯދި

ގަލޮޅު ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން މާޒިޔާ ކާމިޔާބު ކޮށްފިއެވެ. މި މެޗު 11-0 ކާމިޔާބުކޮށް މާޒިޔާއިން ވަނީ ލީގުގައި މިހާރު ޖުމްލަ 25 ޕޮއިންޓު ހޯދާފައެވެ.

ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ 6 ގޯލު ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ވޮޖިސްލާވް ބަލަބަނޮވިޗް ކާމިޔާބުކުރި ހެޓްރިކް ހިމެނެއެވެ. އޭނާގެ އިތުރުން ފުރަތަމަ ހާފުގައި ގޯލްތައް ކާމިޔާބުކުރީ ޓޮމާކީ ވަޑާއާއި ހަސަން ރާއިފް އަޙްމަދު (ހަންނަ) އަދި ނާއިޒް ހަސަން (ދާދު) އެވެ.

މާޒިޔާގެ 7 ވަނަ ގޯލަކީ ޔޫވީގެ ކީޕަރު އިބްރާޙިމް ފައިރޫޝް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އެ ގޯލުގެ ފަހުން، އަނިޔާވެ ފައިރޫޝް ބަދަލު ކުރަން ޖެހުން ވެގެން ދިޔައީ ޔޫވީއަށް ލިބުނު އިތުރު ގެއްލުމަކަށެވެ.

މާޒިޔާއިން ދެން ކާމިޔާބު ކުރި 4 ގޯލަކީ ވެސް ފަހު ހާފުގައި ކުޅެން ނިކުތް ހަމްޒާ މުޙައްމަދު (ހަމްޕު) ކާމިޔާބުކުރި 4 ގޯލެވެ. މީގެ ތެރެއިން 2 ގޯލު އޭނާ ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައެވެ.

ދިވެހި ލީގުގައި އާދިއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި އީގަލްސް އިން ވަނީ ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށްފައެވެ. މެޗުގައި އީގަލްސް އިން ލީޑު ނެގީ ފުރަތަމަ ހާފުގައި އިބްރާޙިމް މަހުދީ ޙުސެއިން (ފޭދޫ އިއްބެ) ޖެހި ގޯލަކުންނެވެ. ޓީސީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ޒަޔާން ނަސީރު 54 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޮލަކުންނެވެ. އަދި އީގަލްސް އިން ދެވަނަ ފަހަރަށް ލީޑު ނެގީ 67 ވަނަ މިނެޓުގައި އަޙުމަދު ރިޒުވާން (ރިޒޭ) ކާމިޔާބުކުރި ގޯލަކުންނެވެ.

މި ނަތީޖާތަކާ އެކީ އީގަލްސް އިން ލީގުގެ އެއްވަނައިގައި އޮތީ މާޒިޔާއަށް ވުރެން 2 މެޗު އިތުރަށް ކުޅެ 29 ޕޮއިންޓު ހޯދައިގެންނެވެ. އަދި މާޒިޔާއަށް މިހާރު ލިބިފައިވަނީ 9 މެޗުން 25 ޕޮއިންޓެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރަން ހަމަޖެހިފައި އޮތީ ބުރު ސްޕޯޓްސް ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.