Advertisement

ފޮޓޯ: އެފްއޭއެމް

24 Nov 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ސަސް ބަލިކޮށް އީގަލްސްއިން ލީގުގެ ތަށި އުފުލާލުމުގެ އުއްމީދުގައި

އެމް. ޑަބްލިޔު.އެސް.ސީ. ދިވެހި ޕްރިމިއަރ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗު 5-2 އިން ކާމިޔާބުކޮށް، އީގަލްސް އިން ލީގު ކާމިޔާބު ކުރުމުގެ އުއްމީދު އައުކޮށްފިއެވެ.

މި ވަގުތު ލީގުގެ އެއް ވަނައިގައި އީގަލްސް އޮތީ 13 މެޗުން 35 ޕޮއިންޓު ހޯދައިގެނެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް 11 މެޗުން 31 ޕޮއިންޓު ލިބިފައި ވީ ނަމަވެސް، ކުރިޔަށް އޮތް 2 މެޗު ކާމިޔާބުކޮށްފިނަމަ، 37 ޕޮއިންޓާއެކު އެ ޓީމުން އެއް ވަނައަށް އަރާނެއެވެ. ލީގު ކާމިޔާބު ކުރުމަށް އީގަލްސް އޭރުން ޖެހޭނީ ފަހު މެޗުގައި މާޒިޔާ ބަލިކުރާށެވެ. 

އީގަލްސް އިން ސަސްއާ ދެކޮޅަށް ކުޅުނު މެޗުގައި، މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އެ ޓީމުގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) ވަނީ 3 ގޯލު ކާމިޔާބުކޮށް ހެޓްރިކެއް ހަދާފައެވެ. ބާކީ ގޯލުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒައިން ޒަފަރުއާ، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، މިލާން ޕެޓްކޮވިޗްއެވެ..

ސަސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އާއި އަލީ ނަސޫހު ރަޝީދު (ޕިލާ)އެވެ. މި ނަތީޖާއާއެކު 13 މެޗުން ސަސްއަށް ލިބިފައިމިވަނީ 27 ޕޮއިންޓެވެ.

ލީގުގެ މެޗެއް ދެން އޮންނާނީ މި މަހު 30 ގައެވެ. ބައްދަލުކުރާނީ ސަސް އާއި ޓީސީ ސްޕޯޓްސް ކްލަބެއެވެ. އެއީ މި ސީޒަންގައި ސަސް ކުޅޭ ލީގުގެ ފަހު މެޗެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.