Advertisement

19 Dec 2023
ކުޅިވަރު

ދިވެހި ލީގު ޗެމްޕިއަނުން ކަނޑައަޅާ މެޗު މިއަދު ހަވީރު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗަކީ މި ސީޒަނުގެ ޗެމްޕިއަނުން ކަނޑައަޅާނެ މެޗެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު 3:50 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗަށް މި ދެ ޓީމުން ނިކުންނަ އިރު ލީގުގެ އެއްވަނައިގައި އޮތީ 13 މެޗުން 37 ޕޮއިންޓު ހޯދައިގެން މާޒިޔާއެވެ. ދެވަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓު ހޯދާފައިވާ އީގަލްސްއެވެ. އެހެންކަމުން، މިއަދުގެ މެޗަށް ނިކުންނައިރު، އެންމެ ފައިދާ ބޮޑީ މާޒިޔާއަށެވެ. މެޗު އެއްވަރު ކޯށްލައިގެންވެސް އެ ޓީމަށް ލީގު ކާމިޔާބު ކުރެވޭނެއެވެ.

ލީގުގެ ފަހު މެޗަށް އައިއިރު، މި ދެ ޓީމުން އަދި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ލީގުގައި މި ދެ ޓީމު ފުރަތަމަ ބައްދަލުކުރިއިރު މެޗު ވަނީ 2-2 އިން އެއްވަރުވެފައެވެ.

އީގަލްސްއިން އަދި ލީގު ކާމިޔާބު ކޮށްފައިނުވާއިރު، މި ފަހަރުގެ ލީގު އެ ޓީމަށް ކާމިޔާބު ކުރެވުން ވާނީ ވަރަށް ތާރީހީ ކަމަކަށެވެ. މިއަދުގެ ނަތީޖާ މާޒިޔާ ކޮޅަށް ނިކުމެއްޖެނަމަ، އެ ޓީމަށް ޖެހިޖެހިގެން ހަތަރު ފަހަރަށް ލީގު ކާމިޔާބު ކުރެވުނީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.