Advertisement

14 Nov 2023
ކުޅިވަރު

ބުރާސްފަތި ދުވަހު ދިވެހި ލީގުގެ ކުޅުން އަލުން ފަށަން ނިންމައިފި

ދިވެހި ޕްރިމިއަ ލީގުގެ ކުޅުން ގިނަ ދުވަސްތަކަކަށް މެދުކަނޑާލާފައި އޮތުމަށްފަހު، މި އަންނަ ބުރާސްފަތި ދުވަހު އަލުން ފަށުމަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެންމެ ފަހުން މި ސީޒަނުގެ ލީގު މެޗެއް ކުޅެފައިވަނީ އޯގަސްޓް 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާރު ދެ މަސް ފާއިތުވެއްޖެއެވެ. އޭރު ލީގު މެދުކަނޑާލީ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ މެޗުތަކަށާއި، ވޯލްޑް ކަޕް/އޭޝިއަން ކަޕްގެ ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ދެ މެޗަށެވެ.

ކުރިން ލީގު ފެށުމަށް ނިންމާފައި އޮތީ މިދިޔަ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު ނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގެމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން އެފްއޭއެމްއަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަން ފެށުމުން، ލީގު ފެށުން ލަސްކޮށްފައިވާކަމަށް އޭރު އެފްއޭއެމްއިން އެންގިއެވެ.

ލީގު އަލަން ފަށާއިރު ބުރާސްފަތި ދުވަހުގެ ހަވީރު ބައްދަލު ކުރާނީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީއެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ކްލަބް ވެލެންސިއާއެވެ.

ލީގުގެ އެއްވަނައިގައި މިހާރު އޮތީ 23 ޕްއިންޓާއެކު ކްލަބް އީގަލްސްއެވެ. އެއީ ޖުމްލަ 9 މެޗު ކުޅެގެނެވެ. އަދި ދެވަނައިގައި އޮތީ މާޒިޔާއެވެ. ޖުމްލަ 8 މެޗު ކުޅެގެން މާޒިޔާއަށް ލިބިފައި އޮތީ 22 ޕޮއިންޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.