Advertisement

ފޮޓޯ: އެފްއޭއެމް

06 Dec 2023
ކުޅިވަރު

ބުރު ސްޕޯޓްސް ބަލިކޮށް މާޒިޔާއިން ލީގުގެ އެއްވަނައާ ގާތަށް

ދިވެހި ޕްރިމިއަރ ލީގުގައި އަންގާރަ ދުވަހުގެރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ބުރު ސްޕޯޓްސް ބައްދަލުކުރި މެޗު 6-0 އިން ކާމިޔާބުކޮށް، ލީގުގެ އެއްވަނައިގައި އޮތް އީގަލްސްއާ އޮތް ފަރަގު އެއް ޕޮއިންޓަށް މާޒިޔާއިން ކުޑަކޮށްފިއެވެ.

މާޒިޔާގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ޕެނަލްޓަިއަކުން ހަމްޒާ މުޙައްމަދެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ދެން ގޯލުތައް ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް ވޮއިސްލާވް ބްލަބޮނޮވިޗް އާއި ޖަޕާނުގެ މިޑްފީލްޑަރު ޓޮމަކީ ވަޑާއެވެ. 

މެޗުގެ ދެ ވަނަ ހާފުގައި ދަނޑުގެ ލައިޓިންގ ސިސްޓަމްގައި މައްސަލަޖެހި ލައިޓުތައް ނިވުނެވެ. އަދި މިކަމުގެ ސަބަބުން ގިނަ ވަގުތުތަކަކަށް ކުޅުން މެދުކެނޑާލަން ޖެހުނެވެ. އެގޮތުން ދެވަނަ ހާފުގެ 4 މިނެޓު ކުޅުނު ފަހުން ބޮކިތައް ނިވިފައިވަނީ ގަޑިން 10:06 ގައެވެ. އަދި ލައިޓްތައް ރަގަޅުވެފައިވަނީ 10:38 ގައެވެ. 

މާޒިޔާއިން އެ ޓީމުގެ ބާކީ ގޯލުތައް ކާމިޔާބުކޮށްފައިވަނީ އޭގެ ފަހުންނެވެ. އަދި ފަހު ހާފުގެ ގޯލުތައް ފެނިފައިވަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެގޮތުން މާޒިޔާގެ ހަތަރުވަނަ ގޯލު ބްލަބޮނޮވިޗް ޖެހިތާ އެއް މިނެޓް ފަހުން ނާއިޒު ހަސަން މާޒިޔާގެ ފަސްވަނަ ލަނޑު ޖެހިއެވެ. އަދި އެ ޓީމުގެ ފަހު ގޯލު އޭގެ ދެ މިނެޓު ފަހުން ބްލަބޮނޮވިޗް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. 

އީގަލްސް އިން މިހާރު ތާވަލުގެ އެއްވަނައިގައި އޮތީ މާޒިޔާއަށް ވުރެން އެއް މެޗު އިތުރަށް ކުޅެ، އެއް ޕޮއިންޓުގެ ލީޑެއްގައެވެ. އެހެންކަމުން މާޒިޔާއިން ދެން އޮތް މެޗު ކާމިޔާބުކޮށްފިނަމަ ތާވަލުގެ އެއްވަނައަށް އަރާނެއެވެ. އޭރުން އީގަލްސް އިން ލީގު ކާމިޔާބު ކުރުމަށް ލީގު ފަހު މެޗުގައި މާޒިޔާ ބަލިކުރަން ޖެހޭނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.