Advertisement

މާޒިޔާ އަދި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: އެފްއޭއެމް

24 Nov 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ދިވެހި ލީގުގެ ތިން ވަނަ ބުރު ނުކުޅެން ނިންމައިފި

މިހާރު ކުރިޔަށްދާ، އެމް. ޑަބްލިޔު.އެސް.ސީ. ދިވެހި ޕްރިމިއަރ ލީގުގެ ތިން ވަނަ ބުރެއް ނުކުޅޭން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، އެފްއޭއެމް އިން މިގޮތަށް ނިންމާފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ އެކްޒެކެޓިވް ކޮމެޓީގައި، ކްލަބް ތަކާ މަޝްވަރާ ކުރުމަށްފަހުއެވެ

އެފްއޭއެމް އިން މިހެން ނިންމީ، މާލީ ހާލަތާ ހުރެ ލީގުގެ ދެ ޓީމެއް، ލީގުގެ ބާކީބައި ނުކުޅެއް ނިންމާފައިވަނިކޮށެވެ. އެއީ ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓެވެ.

މި ނިންމުމާއެކީ ކޮންމެ ކްލަބަކުން ވެސް ލީގުގައި ޖުމްލަ ކުޅޭނީ 14 މެޗެވެ. ނަމަވެސް އާންމު ގޮތެއްގައި ލީގުގެ ތިން ބުރު ކުޅޭއިރު ކޮންމެ ކްލަބަކުން ޖުމްލަ 21 މެޗު ކުޅެއެވެ.

ލީގުގެ ތާވަލަށް މިވަގުތުތ ބަލާއިރު، އެއް ވަނައިގައި އީގަލްސް އޮތީ ކްލަބް އީގަލްސްއެވެ. އެއީ 12 މެޗުން 32 ޕޮއިންޓު ހޯދައިގެނެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ 11 މެޗުން 31 ޕޮއިންޓް ލިބިފައެވެ. އަދި ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް 12 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.