Advertisement

މާޒިޔާއިން ދެވަނަ ގޯލު ކާމިޔާބު ކުރުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: މިހާރު

15 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޓީސީ ބަލިކޮށް މާޒިޔާއިން ލީގު ނެގުމާ ގާތަށް

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލްބާއި ޓީސީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް، ލީގު ތައްޓާ ކައިރިއަށް މާޒިޔާއިން ޖެހިލައިފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބު ކުރީ 4-0 އިންނެވެ.

ޓީސީއާ ދެކޮޅަށް މާޒިޔާއިން މިހޯދި 3 ޕޮއިންޓާއެކީ އެ ޓީމުން މިވަނީ 13 މެޗުން 37 ޕޮއިންޓު ހޯދާފައެވެ. އެހެންކަމުން މި އަދަދަށް މެޗު ކުޅެ 35 ޕޮއިންޓު ހޯދާފައިވާ އީގަލްސްއަށް ވުރެން ދެ ޕޮއިންޓު އިތުރަށް ހޯދާ، މާޒިޔާއިން މިވަނީ ލީގު ތަށީގައި އެއް އަތުން ހިފަހައްޓާފައެވެ. އަނެއްކޮޅުން ތަށީގައި ހިފަހައްޓައިގެން ތިބި އީގަލްސްއަށް، އެ ޓީމުގެ ތާރީހު ބަދަލުކޮށްލުމަށް ތަށި އުފުލާލެވޭނީ ލީގު ފަހުމެޗުގައި މި ދެ ޓީމު ބައްދަލު ކުރާ މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

ލީގު ޓޭބަލްއަށް ބަލާއިރު، މެޗު އެއްވަރުކޮށްލައިގެންވެސް މާޒިޔާއަށް ފަރު ޖެހޭނެއެވެ. އެހެންވެއްޖެނަމަ އެ ޓީމަށް ޖެހިޖެހިގެން 4 ލީގު ތަށި ކާމިޔާބު ކުރެވުނީއެވެ.

މިއަދުގެ މެޗުގައި މާޒިޔާގެ ގޯލުތައް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސާބިއާ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗް އާއި އިބްރާހިމް އައިސަމް އަދި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ 25 ވަނަ މިނެޓުގެ ތެރޭގައި 3 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ފަހު ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި މެޗުގައި މާޒިޔާގެ ބަލަބަނޮވިޗް ވަނީ 2 ގޯލު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.