Advertisement

ވެލެންސިއާގެ ކުޅުންތެރިންނާއި އޮފިޝަލުން ޕްރެޒިޑެންޓްސް ކަޕުގެ ތައްޓާއެކު، ފޮޓޯ: އަބްދުﷲ އަބީދު/އަދަދު

15 Nov 2023
ކުޅިވަރު

ދިވެހި ލީގު މާދަމާ ފެށި ނަމަވެސް، ވެލެންސިއާ ދެން ލީގުގައި ވާދަ ނުކުރަން ނިންމައިފި

ދިވެހި ފުޓުބޯޅައިގައި ދިގު ތާރީހެއް އޮތް ކްލަބް ވެލެންސިއާއިން ދިވެހި ޕްރިމިއަރ ލީގުގެ ބާކީއޮތް މެޗުތައް ނުކުޅެން ނިންމައިފިއެވެ. މިކަން އިއުލާން ކުރުމުގެ ގޮތުން އެ ކްލަބުން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ ކްލަބުން މި އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ބާކީ ހުރި މެޗުތައް ނުކުޅެން ނިންމާ އެކަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހިއްސާކޮށްފައިވާނެ ކަމަށެވެ.

ކްލަބް ވެލެންސިއާއިން ހާމަކުރީ، އެ ކްލަބުން މިގޮތަށް ނިންމީ މާލީ ގޮތުން ކްލަބަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލާ، ފުޓުބޯޅަ ސީޒަން ދިގު ދެމިގެން ދިއުމާއެކީ އިތުރަށް ލިބިދާނެ ގެއްލުމަކުން ދުރާލައި ރައްކާތެރިވުމަށް ކަމަށެވެ.

މި ނޫސްބަޔާނުގައި ކްލަބް ވެލެންސިއާއަށް މާލީ ގޮންޖެހުންތައް ލިބެން މެދުވެރި ސަބަބުތައް ވެސް އެޓީމުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް، ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ރައީސުލް ޖުމްހޫރިއްޔާ ދޭން ނިންމެވި އެއް މިލިއަން ރުފިޔާ އެ ކްލަބަށް ލިބިފައި ނެވާކަން ފާހަގަ ކުރެއްވިއެވެ. ފައިސާ ދެވެން ނެތް ސަބަބަކަށް މިނިސްޓްރީ އިން ބުނެފައިވަނީ ބަޖެޓުގެ ތާށިކަން ހުރުމެވެ. އަދި މި ފައިސާ ހޯދުމަށް ކްލަބުން ކުރި މަސައްކަތަށް މިނިސްޓްރީއިން އެއްބާރުލުން ދީފައިނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

"މި ފައިސާ ދިނުމަށް އުޒުރުވެރިވެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން މި ކްލަބަށް 3 އޮކްޓޯބަރ 2023 ގައި ފޮނުވި C141-SD-/PRIV/2023/1599 ސިޓީގައިވަނީ ބައެއް ކްލަބްތަކަށް މި ފައިސާ ޖަމާކޮށްދީފައިވާކަމަށާއި ނަމަވެސް އެ މިނިސްޓްރީގެ ބަޖެޓުގެ ތާށިކަން ހުރުމުންވެލެންސިއާ އަށް ޖަމާކޮށްދީފައިވަނީ 250،000ރ. ކަމުގައެވެ"، އެ ނޫސް ބަޔާނުގައި ވެއެވެ.

މި ފައިސާގެ އިތުރުން، ކޮންމެ ކްލަބަކަށް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ދެމުން އަންނަ ފައިސާ ނުދޭކަމަށާއި، 2022 ވަނަ އަހަރު އެ ކްލަބުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމުން ދޭންޖެހޭ ފަސް ލައްކަ ރުފިޔާ ވެސް ދީފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. މިދިޔަ 2022 ވަނަ އަހަރު ވެލެއިންސިއާއިން ޕްރެޒިޑެންޓްސް ކަޕްގެ ތަށި ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން މާޒިޔާ ބަލިކޮށްގެނެވެ. އެއީ ވެލެންސިއާއިން މި މުބާރާތް ކާމިޔާބު ކުރި ހަ ވަނަ ފަހަރެވެ.

މީގެ އިތުރުން، މިނިސްޓްރީ އިން ޓީމުތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ވެސް އެ ކްލަބުން ވަނީ ތުހުމަތު ކޮށްފައެވެ. ތއެ ކަމުގެ ހެއްކަކަކަށް އެ ކްލަބުން ފާހަގަ ކުރަނީ، އެ ކްލްބަށް ޕްރެޒިޑެންޓްސް ކަޕްގެ އިނާމް ފައިސާ ނުދީ، 2023 ވަނަ އަހަރުގެ އެ މުބާރާތުގެ ޗެމްޕިއަނުންކަން ހޯދި މާޒިޔާއަށް އެ ފައިސާ މިހާރު ދީފައިވުމެވެ. އަދި މިދިޔަ އަހަރު އޭ.އެފް.ސީ. ކަޕަށް ތައްޔާރުވުމަށް ވެސް މިނިސްޓްރީ އިން އެ ކްލްބަށް އެހީތެރިވެދީފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

ވެލެންސިއާއިން މި ނިންމުން ނިންމި އިރު، އެ ޓީމު އޮތީ 9 މެޗުން ލިބުނު 2 ޕޮއިންޓާއެކު ލީގުގެ އެންމެ ފަހަތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.