Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

23 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ފުރަތަމަ ނޫހަށް މޮޅެއް، ސަރުކާރަށް ބޮޅެއް، ފުރަތަމަ ނޫހުގެ ވެބްސައިޓް އަންބްލޮކްކޮށްފި

އޮންލައިން ނޫސް ވެބްސައިޓްތައް ސަރުކާރުން ބަންދުކުރަން ފެށުމުން ފާޑުކިޔުންތަކާއި ފިއްތުންތަން ބޮޑުވެ، އެންމެފަހުން ސަރުކާރުން ފަހަތަށް ޖެހި، ފުރަތަމަ ނޫސް އޮންލައިންގެ ވެބްސައިޓް އަންބްލޮކްކޮށްފިއެވެ.

ސަރުކާރުން އަންގައިގެން ރާއްޖޭގެ، ސަރވިސް ޕްރޮވައިޑާ މެދުވެރިކޮށް ސަރުކާރަށް ފާޑުކިޔާ ބައެއް އޮންލައިން ނޫސްތައް ބަންދުކުރުުމަށްފަހު އޭގެ ހުއްޖަތެއްކަމުގައި ދެއްކީ ރެޖިސްޓްރީ ނުކޮށް ނޫސްތައް ހިންގަމުން ދިޔުމެވެ. އަދި އެކަމުގެ ދިފާޢުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ސަރުކާރުން ބަންދު ނުކުރާނެ ކަމަށެވެ.

ސަރުކާރުން ބްލޮކްކުރި އޮންލައިން ނިއުސް ވެބްސައިޓްތަކުގެ ތެރޭގައި، ފުރަތަމަ އޮންަލައިން ނޫސްހިމެނޭ ކަމާއި އެނޫސް ބްލޮކްކުރީ ސަރުކާރުންކަން ހާމަކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބަޔާނެއް ނެރުނެވެ.

ސަރުކާަރަށް އިއްޔެ ކުރިމަތިވި ފާޑުކިޔުންތަކާއި ޕްރެޝަރުތަކާއި އެކު، ރޭ ފުރަތަމަ އޮންލައިން އަންބްލޮކް ކުރި އިރު، އެ ނޫހަށް ވަނީ މީޑިއާގެ ސުރުޚީތަކުން ޖާގަ ލިބި އިތުރު އެތައް ބަޔަކަށް އެނޫސް ތަޢާރަފްވެފައެވެ.

އެނޫސް ސަރުކާރުން ބްލޮކް ކުރި އިރު، އެނޫހުގައި އެންމެ ފަހުން ސަރުކާރުގައި ތިބި އިސްފަރާތްތަކާއި ދެކޮޅަށް ލިޔެފައި ވަނީ، މާލޭ ސިޓީ ކައުންސިލްގެ މާލީ މުޢާމަލާތްތަކާއި ގުޅޭ ގޮތުން، ލިޔެފައިވާ ލިޔުމަކާއި، ހޯމް އެންޑް ލޭންޑް މިނިސްޓަރ ޢަލީ އިހްސާން ބިދޭސީންނާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ލިޔެފައިވާ ލިޔުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.