Advertisement

ފުށިދިއްގަރު ފަޅުގެ ބިންހިއްކުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

21 Dec 2023
ޚަބަރު

ފުށި ދިއްގަރުފަޅު ހިއްކަނީ ސީއެމްސީއަށް ވިލިމާލޭގެ ތިންރަށް ވަރުގެ ބިން ހިލޭ ދީގެންކަމަށް އާބަންކޯއިން ބުނެފި

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑުމަޝްރޫއަށް ފުށިދިއްގަރު ފަޅުން ހިއްކަނީ، އެމަސައްކަތްކުރާ، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) 70 ހެކްޓަރުުގެ ބިން ހިލޭދޭ ގޮތަށް ކަމުގައި އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނގެ މެނޭޖިންގ ޑައިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، އެމަޝްރޫޢުގެ ބަދަލެއްގެ ގޮތުން ސީއެމްސީއަށް ދޭން ނިންމާފައި ވަނީ، ހުޅުމާލެއިން 10 ހެކްޓަރު އަދި ފުށިދިއްގަރުފަޅުން ހިއްކާބިމުން 60 ހެކްޓަރުގެ ބިންކަމަށެވެ. އެބޮޑު މިނަށް ބަލާނަމަ އެއީ މާލޭގެ އެއް އަވަށްކަމުގައިވާ ވިލިމާލޭގެ ތިން ވިލިމާލެ އެއްކޮލުމުން އޮންނަ ވަރުގެ ބޮޑުބިމެކެވެ.

ފަޒުލް ވިދާޅުވީ، ފުށިދިއްގަރުފަޅުން ހިއްކާ ބިމުން އެކުންފުންޏަށް ލިބޭނީ، 1093 ހެކްޓަރުގެ ބިންކަމަށެވެ. އަދި ސީއެމްއެމްސީއަށް ދޭ 70 ހެކްޓަރުގެ ބިންދެނީ އެކުންފުނިން އެހެން ފަރާތްތަކަށް އެބިމުން ބިންތައް ވިއްކައި ތަރައްޤީކުރެވޭގޮތަށް 99 އަހަރަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

Advertisement

ފުށިދިއްގަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައި ދެއްވީ، މިދިޔަ ހޯމަދުވަހުއެވެ. އެމަޝްރޫއާ ގުޅޭ މައުލޫމާތު އާބަންކޯއިން ހާމަކޮށްފައި މިވަނީ އެމަޝްރޫޢާއި މެދު އެކިފަރާތްތަކުން ތަފާތު އެކި ގޮތްގޮތަށް ވާހަކަދައްކައި ސުވާލުތައް އުފައްދަމުން ދަނިކޮށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
07 Jul 2024
ޚަބަރު
އެމްްއެމްޕީއާރްސީގެ ބޯޑަށް ދެބޭފުޅަކު ޢައްޔަނުކުރައްވައިފި
އެމްއެމްޕީއާރްސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢަލަށް ޢައްޔަނުކުރެއްވި ދެބޭފުޅުންނަކީ، އއ. އުކުޅަސް، އައްސޭރި އަލްފާޟިލް ޢަބްދުއްސަމީޢު ޢިމާދު އާއި ދަފްތަރު ނަންބަރު 12480 އަލްފާޟިލާ ޢާއިޝަތު ޙަމީދު ކަމުގައި ޕީބީސީން ހާމަކޮށްފައިވެއެވެ. އެދެބޭފުޅުން އެމަޤާމަށް ހަމަޖައްސަވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެެ.
07 Jul 2024
ޚަބަރު
މިޔަރުގެ މަސްވެރިކަަމަށް ހުއްދަދިނުމަށް މަޝްވަރާއެއް ނުކުރޭ: ފިޝަރީޒް
އެމްއެންޑީއެފްގެ ޓްރެއިނިންގައި އުޅުނު އޮފިސަރެއްގެ ގައިގައި މިޔަރެއް ދަތްއެޅުމުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން މިދިޔަ މަހުގެ 2 ވަނަ ދުވަހު އޭނާ ނިޔާވެފައި ވާއިރު، އެ ހާދިސާ އާއި ގުޅިގެން، މިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.
07 Jul 2024
ކޮޕާ އެމެރިކާ
އުރުގުއޭއިން ބްރެޒިލް ކަޓުވާލައި ސެމީގެ ޖާގަ ހޯދައިފި
ރެފްރީގެ ކަށިގަނޑުގެ ފުމުން ގިނަ މި މެޗުގައި ޖުމްލަ 41 ފައުލް ރެކޯޑު ކުރެވިފައިވެއެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ފައުލް ރެކޯޑު ކުރެވުނު މެޗު ވެސް މެއެވެ. މި މެޗުގައި އުރުގުއޭގެ ޑިފެންޑަރ ނަހިތާން ނަންޑޭޒަށް 74 ވަނަ މިނެޓުގައި ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ވެސް ފޮނުވާލާފައެވެ.
07 Jul 2024
ޚަބަރު
ޓްރާންސްފޯމަރެއް ހަލާކުކޮށްލައި ކޭބަލް ވަގަށް ނެގި މީހާ އިތުރު 15 ދުވަހަށް ބަންދުކޮށްފި
ފުލުހުންގެ އިދާރާާއިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަންގާރަދުވަހު ކުރި އެ ވައްކަމާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ  ހުކުރު ދުވަހުގައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން އަމުރުދީފައިވާ ކަމަށެވެ.