Advertisement

ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީން ---

24 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މާލެ ސަރަހައްދުން އިތުރު ބަޔަކު ފައިލޭރިއާއަށް ޕޮޒިޓިވްވެއްޖެ

ފައިލޭރިއާއަށް ޓެސްޓްކުރުމަށް މާލެ ސަރަހައްދުންގައި ކުރިޔަށްގެންދިޔަ ގެންދާ ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ އިތުރުބަޔަކު ފެނިއްޖެ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު، ހުޅުމާލެ އާއި މާލެ އަދި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅުގައި ކުރިޔަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން، މާލެ ސަރަހައްދުން އިތުރު 7 މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ހުޅުމާލެއިން 5 މީހުންނާއި، މާލެއިން އެކަކާއި އަދި ގުޅީފަޅުން އެކެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ފެނުނު ފައިލޭރިއާ ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 32އަށް އަރާފައެވެ.

މިހާތަނަށް ފައިލޭރިއާއަށް ޕޮޒިޓިވްވި އެންމެންނަކީވެސް ބިދޭސީންނެވެ.

މިފަހަރު ފެނުނު ފައިލޭރިއާގެ އައުޓްބްރޭކްގައި އެންމެ ފުރަތަމަ ފައިލޭރިއާއަށް ބަޔަކު ޕޮޒިޓިވްވެފައިވާކަން އެނގުނީ، ހދ. ކުޅުދުއްފުށި ސިޓީންނެވެ. އެސިޓީން މިހާތަނަށް 25 މީހުން ވަނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައެވެ.

އާއްމުގޮތެއްގައި ފައިލޭރިއާ ޖައްސަނީ ކިއުލެކްސް ނަމަކަށް މަދިރިއެކެވެ. ފައިލޭރިއާ ޖައްސާ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހުގައި ބަލީގެ އަލާމާތްތައް ފެންނަން ފެށުމާއި ދެމެދު 6 އަހަރާއި 8 އަހަރާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ.

ފައިލޭރިއާ ޖެހިފައިވާ ދިވެއްސަކު އެންމެ ފަހުން ފެނިފައި ވަނީ 2004 ވަނަ އަހަރު، ލ. ފޮނަދޫއިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.