Advertisement

ފޮޓޯ: ގެޓީއިމޭޖަސް

21 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ފީފާ އާއި ޔޫއެފާއިން އީޔޫގެ ގާނޫނާ ހިލާފުވެއްޖެކަމަށް މަތީ ކޯޓުން ނިންމައިފި

ފުޓުބޯޅައިގެ މައި އިދާރާ ފީފާ އާއި ޔޫރަޕްގެ ފުޓުބޯޅަ އިދާރާ ޔޫއެފާ އިން ސުޕާ ލީގު މައްސަލައިގައި ޔޫރަޕިއަން ޔޫނިއަންގެ ގާނޫނާ ހިލާފުވެފައިވާކަމަށް، ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްއިން މިއަދު ނިންމައިފިއެވެ. މި ނިންމުމަކީ ޔޫރަޕްގެ ކްލަބް މުބާރާތްތަކަށާއި ދުނިޔޭގެ ބޮޑެތި ކްލަބްތަކާއި ވަރަށް ބޮޑަށް ގުޅުންހުރި ނިންމުމަކަށް ވެދާނެކަމަށް ބެލެވެއެވެ. 

ޖުވެންޓަސް، ބާސެލޯނާ އަދި ރިއަލް މެޑްރިޑް ފަދަ ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބްތައް އެކުވެ، ސުޕަ ލީގު އުފައްދަން 2021 ވަނަ އަހަރުގެ އެޕްރީލް މަހު ހުށަހެޅުމުން ފުޓުބޯޅައަށް ތާއީދުކުރާ ގިނަ ބަޔަކު ނުރުހުންވެ، މަގުމަތީ އެއްވުންތައް ވެސް ބޭއްވިއެވެ. އެހެންކަމުން ސުޕަ ލީގު އުފައްދަން ކުރި މަސައްކަތަށް ޔޫއެފާއިން ވަނީ ދެކޮޅު ހަދާފައެވެ. އަދި ޔޫއެފާއިން މިކަމާ ދެކޮޅު ހެދުމުން ނުވަ ކްލަބަކުން މުބާރާތައް ތާއީދު ނުކުރަން ވެސް އޭރު ވަނީ ނިންމާފައެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީއާއި ލިވަޕޫލާއި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ އާއި އާސެނަލް އާއި އޭސީ މިލާން އާއި އިންޓަމިލާން އާއި އެތުލެޓިކޯ މެޑްރިޑެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން ސުޕަ ލީގު އުފެއްދުމަށް މަސައްކަތް ކުރުމަށް އުފެއްދި އޭ-22 ކުންފުނިން ބުނެފައިވަނީ ފީފާ އާއި ޔޫއެފާ އިން މަސައްކަތްކުރަނީ ހަމައެކަނި އެ އިދާރާތަކުގެ ބާރު ހިނގާ މުބާރާތްތަކަކަށް އީޔޫގެ މުބާރާތްތައް ހެދުމަށް ކަމަށާއި، އެއީ ގާނޫނާ ހިލާފުކަމެއް ކަމަށެވެ. 

ކޯޓުގެ ނިންމުމާ ގުޅިގެން އޭ-22 އިން ވަނީ ސުޕަ ލީގު ކުރިޔަށް ގެންދަން ރާވާފައިވާ ގޮތް އިއުލާންކޮށްފައެވެ. އެގޮތުން ފިރިހެން ލީގުގައި 64 ޓީމާއި އަންހެން ލީގުގައި 32 ޓީމު ވާދަކުރާނެކަމަށް ބުނެފައިވެއެވެ. އަދި މުބާރާތް ކުޅޭނީ ހަފްތާގެ މެދުތެރޭގައި ކަމަށް ބުނެފައިވުމުން، މިއީ ޗެމްޕިއަންސް ލީގަށް ކުރިމަތިވެދާނެ ގޮންޖެހުމެއްކަމަށް ބެލެވެއެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން ފީފާ އިން ބުނެފައިވަނީ، މިކަމާ ގުޅޭ ގޮތުން އެ އިދާރާއިން ދެކޭ ގޮތެއް ހާމަކުރާނީ ޔޫއެފާ އާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.