Advertisement

ފޮޓޯ: ރައީސް އޮފީސް

23 Dec 2023
ޚަބަރު

މިނިސްޓަރ އާދަމް ޝަރީފަށް ރުހުން ނުދޭނެކަމުގެ އިޝާރާތެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު މިރޭ ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން، ސަރުކާރާ ދެކޮޅު ބައެއް ވެބްސައިޓުތައް ބްލޮކްކޮށްފައިވާ މައްސަލައިގައެވެ. 

އާދަމް ޝަރީފްގެ ވުޒާރާގެ މެންޑޭޓް ތެރޭގައި ކޭމް ހިމެނޭއިރު، ސަރުކާރުން ބަރަހަނާ ސައިޓްތައް ބްލޮކުރަން ފެށިތާ ހަފްތާއެއް ފަހުން ރެއިން ފެށިގެން، ހަބަރުފަތުރާ ތިން ވެބްސައިޓަކަށް ނުވަދެވޭ ގޮތް ވަނީ ހަދާފައެވެ. އެއީ ހިޔާލުފާޅު ކުރަން ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައި ފާހަގަކޮށް، އާންމުންނާއި ސިޔާސީ ޕާޓީތައް އަދި ޖަމިއްޔާތަކުން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.

މިކަމާ ގުޅިގެން ފައްޔާޒު ރޭ އެކްސްގައި ޝާއިއު ކުރެއްވި ޕޯސްޓެއްގައި ވަނީ އާދަމް ޝަރީފް ކުށްވެރި ކުރައްވައިފައެވެ. އެ ޕޯސްޓުގައި ފައްޔާޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާދަމް ޝަރީފް ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން، މަޖިލީހުގެ ތާރީހުގަ އަލަށް ސިފައިން ވައްދާ މެމްބަރުންނަށް އަނިޔާކުރެއްވިކަމަށެވެ. މިހާރު ކޭމް މެދުވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފެއްޓެވީކަމަށާއި، ލާމަރުކަޒީ ނިޒާމްވެސް ފުށިދިއްގަރަށް، ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެންނަކަމަށް ވަނީ ވިދާޅުވެފައެވެ. 

ފައްޔާޒު ވަނީ، ސަރުކާރަށް ފާޑުކިޔާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ވަރަށް ނުރައްކާތެރި ސިގްނަލެއްގެ ގޮތުގައި ސިފަކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.