ޚަބަރު
ޚަބަރު
28 Dec 2023
ޚަބަރު
އިސްލާމީ މަރުކަޒުގައި ބަހައްޓަން 98 އިންޗީގެ 6 ޓީވީ ގަނެފި
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އެ ޓީވީތަަކަކީ، ޚުޠުބާ ކިޔަން ހުންނަ ޚަޠީބު އިސްލާމީ މަރުކަޒުގެ އެކި ފަންގި ފިލާތަކުގައި ތިބޭ މީހުންނަށް ފެންނާނޭ ގޮތް ހެދުމަށްޓަކައި ގަނެގެން ގެނައި ޓީވީތަކެއް ކަމަށެވެ. އަދި އެމަޝްރޫޢު ނިމޭއިރު، ޓީވީތައް މެދުވެރިކޮށް އިޝާރާތުގެ ބަހުން ގެސްދޭ ތަރުޖަމާވެސް އެކި ފަންގިފިލާތަކުގައި ތިބޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ފެންނާނޭ ގޮތް ހަދާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
28 Dec 2023
ޚަބަރު
2024 ވަނަ އަހަރުގެ އެލައިޑް ކަލަންޑަރު ތަފާތު
2024 ވަނަ އަހަރުގެ އެލައިޑް އިންޝުއަރެންސްގެ ކަލަންޑަރު ނެރެފިއެވެ. އެލައިޑުން ބުނީ އަންނަ އަހަރަށް އެ ކުންފުނިން ނެރެފައިވާ ކަލަންޑަރު ފަރުމާކޮށްފައިވާނީ އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކޮށް ކުނީގެ ގޮތުގައި އުކާލާ އަދަދު މަދުކުރުމަށްކަމަށެވެ.
28 Dec 2023
ޚަބަރު
ސަރުކާރުގެ އެގާރަ ކުންފުންޏެއްގެ ބޯޑަށް 17 ބޭފުޅަކު އައްޔަނުކުރައްވައިފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)އިން ވަނީ، ކުންފުނިތަކުގެ ބޯޑުތަކަށް ގެނައި ބަދަލުތަކާއި ގުޅޭ މައުލޫމާތު މިއަދު ހާމަކޮށްފައެވެ. މިގޮތުން، ނޮން-އެކްޒެކެޓިވް ޑިރެކްޓަރުން އައްޔަނުކުރެއްވި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ، އެމްޕީއެލް، އެމްއޭސީއެލް، ސްޓެލްކޯ، އެމްޓީސީސީ، ފެނަކަ، އެމްއައިޓީޑީސީ، އާސަންދަ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަން، އެމްޓީޑީސީ، އެމްޑަބްލިއުއެސްސީ އިތުރުން ރީޖަނަލް އެއާޕޯޓްސްއެވެ. އައު ބޭފުޅުން އައްޔަނުކުރެއްވި ކުރީ ސަރުކާރުގައި އެމަޤާމުތަކަށް އައްޔަނުކުރައްވާފައިވާ މެމްބަރުން ވަކިކުރެއްވުމަށްފަހުގައެވެ.
28 Dec 2023
ޚަބަރު
އިންޑިއާ ސިފައިންގެ އަދަދު ނޭނގިގެން ޤައުމީ ސަލާމަތަށް ނުރައްކަލެއް ނެތްކަމުގައި ސަރުކާރުން ބުނެފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ، މިހާތަނަށްވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދު ކަށަވަރު ނުވާކަމަށެވެ. ރާއްޖޭގައި ތިބީ އިންޑިއާގެ 89 ސިފައިން ކަމުގައި އެންމެ ފަހުން ސަރުކާރުން ބުނެފައި ވާއިރު އެއަދަދަށް އުނި އިތުރު އަތުވެދާނެކަމުގައިވެސް ޝަހީބު ވިދާޅުވިއެވެ.
28 Dec 2023
ޚަބަރު
ރައީސް ޑރ. މުއިއްޒު، ކުރީގެ ރައީސް ޔާމީނާއި ބައްދަލު ނުކުރައްވާނެ: ޝަހީބު
ޝަހީބު ވިދާޅުވީ، ރައީސް ޔާމީނަށް އިތުރު ލުއިތަކެއް ނުލިބޭނަމަ އެމަނިކުފާނާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލު ނުކުރައްވާނެ ކަމަށެވެ.
28 Dec 2023
ޚަބަރު
ނައިބު ރައީސް ފަސްޓް ކުލާހުގައި ދަތުރުކުރެއްވީ ޖާގަ ނުލިބިގެން: ޝަހީބު
ޝަހީބު ވަނީ، މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަޠީފް، ޗައިނާއަށާއި ސްވިޒަރލެންޑަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފްސީލް މީޑިއާއަށް ހާމަކުރައްވާފައެވެ.
28 Dec 2023
ޚަބަރު
އައްޑޫން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލާ: އެމްއެންޑީއެފް
އެމްއެންޑިއެފުން ބުނީ، މުހައްމަދު ނައީޝް ހޯދުމުގެ މަސައްކަތުގައި، މިހާތަނަށް 12303 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް، ބަލާފައިވާ ކަމަށެވެ. އެގޮތުން، ވައިގެ މަގުން، 9916 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާއިރު ކަނޑުމަތިން، 2386 އަކަ ނޯޓިކަލް މޭލް އަދި ޑައިވްކޮށްގެން، 1 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމުގައި، އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
28 Dec 2023
ޚަބަރު
ވަޒީރުންނަށް ރުހުންނުދީ މަޖިލީހުގެ މިއަހަރުގެ ދައުރު ނިންމާލައިފި
ޗުއްޓީއަށް ފަހުގައި ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ފަށާނީ، އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. އެހެން ނަމަވެސް މަޖިލީހުގެ ކުރިޔަށް އޮތް ދައުރަކީ މިހާރު ހިނގަމުންމިދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރެވެ. އަންނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވެ މަޖިލިސް 19ވަނަ ރައްޔިތުންގެ މަޖިލިސް އުވިގެންދާނެއެވެ.
28 Dec 2023
ޚަބަރު
ރައީސް ޔާމީނު މިނިވަންކުރެއްވުމާއި ގުޅޭ ގޮތުން ރައީސް ޑރ. މުޢިއްޒު ވައުދުފުޅު ފުއްދަވައިފިކަމަށް ވިދާޅުވެ ޝަހީބު އިތުރުފުޅު ހައްދަވައިފި
ރިޔާސީ އިންތިޚާބުގެ ތެރޭގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވަޢުދުވެވަޑައިގެންނެވިއެވެ. އެހެން ނަމަވެސް އެވާހަކަފުޅުގެ މިސްރާބު މުޅިން ބަދަލުވެ މިއަދުގެ ނޫސްކޮށްފަރެންސްގައި ޝަހީބު ވިދާޅުވީ، ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު 17 ނޮވެމްބަރުގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވރަށް ސާފު އިބާރާތުން ވިދާޅުވީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބޭނުން މިވަގުތުން މިވަގުތަށް ނިމުނީކަމަށް ކަމަށެވެ.
28 Dec 2023
ޚަބަރު
ރަޖިސްޓްރީ ނުކޮށް ހިންގަމުން ދިޔަ ސަރުކާރާއި ދެކޮޅަށް ފާޑުކިޔާ ނޫސްތައް ބްލޮކްކުރީ ކޮންބައެއްކަމެއް ނޭނގުނު!
ސަރުކާރާއި ދެކޮޅަށް ފާޑުކިޔައި ލިޔުންތައް ޝާއިއުކުރަމުން ދިޔަ ނޫހެއް ސަރުކާރުން ބްލޮކް ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ، ރަޖިސްޓްރީ ނުކޮށް ހިންގަމުން އައި ދިޔަވަރު ނޫހާއި، ކުރުސީ ޑޮޓްކޮމްގެ އިތުރުން، ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ފުރަތަމަ ނޫހެވެ.
28 Dec 2023
ކުޅިވަރު
އެފްއޭއެމް އިންތިހާބު ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އަންގައިފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސަކު ހޮވުމަށް މި އަންނަ ޖެނުއަރީ 31 ގައި ބޭއްވުމަށް ނިންމާފައިވާ އިންތިހާބުގެ ކަންތައްތައް ކުރިޔަށް ނުގެންގޮސް ހުއްޓާލުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ތޮލާލް އެ އެސޯސިއޭޝަނަށް މިއަދު އަންގައިފި.
28 Dec 2023
ޚަބަރު
ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމަށް ސަލީމް
ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް އައްޔަންކޮށްފިއެވެ. މި މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ އިއްޔެއެވެ.
28 Dec 2023
ޚަބަރު
ނައިބު ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެއަށް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މޮންޓަނޭގްރޯއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
28 Dec 2023
ޚަބަރު
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަނީ
ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލެއް އަޅާނެކަމަށް ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ އަންނަ އަހަރު މި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރާނެކަމަށެވެ.
28 Dec 2023
ޚަބަރު
ވަޒީރުންނަށް ސުވާލުކުރެވޭގޮތަށް އޮތް ޤާނޫނު އުވާލަން ހުށައަޅައިފި
ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ހުށައެޅުން ހުށައަޅާފައިވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްއެވެ.
28 Dec 2023
ޚަބަރު
ޕީއެންސީގެ ޚާއްސަ ޖަލްސާއެއް މިރޭ ދަރުބާރުގޭގައި ބާއްވަނީ
އެޕާޓީން ހާމަކޮށްފައިވާ މިރޭ ބާއްވާ އެޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. މިޖަލްސާ އޮންނާނީ މިރޭގެ، 8:15 ގައި ދަރުބާރުގޭގެ ރަންނަ ބަނޑޭރިި މާލަމުގައިއެވެ.