Advertisement

ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --

29 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އިނގިލި ބުރިކޮށްލިޔަސް ޢަޒުލުކުރުމާއި އެއްކޮޅަށް ވޯޓު ނުދެއްވާނެ އެމްޑީޕީ މެމްބަރުން އަދިވެސް މަޖިލީހުގައި ތިބޭނެކަމުގައި ރައީސް ވިދާޅުވެއްޖެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ދެކޮޅަށް ނެގުމަށް އެ މަސައްކަތްކުރާ ވޯޓު (މަޤާމުން ޢަޒުލުކުރުމުގެ ވޯޓު) ނެގުމުގައި އިނގިލި ބުރިކޮށްލިޔަސް އެއްކޮޅަށް ވޯޓު ނުދޭނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން އެބަތިއްބެވިކަމަށާއި އެކަން އެނގިވަޑައިގަންނަވާ ކަމުގައި، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ ބޭއްވި ޕީއެންސީގެ ޚާއްޞަ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިރޭ ޕީއެންސީން ބޭއްވި ޚާއްޞަ ޖަލްސާއަކީ، އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއާ ގުޅިވަޑައިގެންނެވި 13 މެމްބަރަކު އެޕާޓިއަށް ސޮއިކޮށް މެމްބަރޝިޕް ފޯމް ހަވާލުކުރުމަށް ބޭއްވި ޖަލްސާއެކެވެ.

ޕީއެންސީއަށް ގުޅިވަަޑައިގެންނެވި، އެމްޑީޕީގެ މެމްބަރުންނަށް ތަޢުރީފްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، އެބޭފުޅުން އެ ޚިޔާރު ކުރެއްވީ ޤައުމުކަމަށާއި އެކަމަށް ފަށްފަށުން ޝުކުރުދަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ އިތުރު މެމްބަރުން ޤައުމީ ސަފަށް ވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކިއެކި ސަބަބުތަކަށްޓަކައި މަސްލަހަތަށްޓަކައި އަޅުގަނޑުމެންނާ ފާޅުގައި ގުޅިވަޑައިނުގަތަސް އަޅުގަނޑަށް ޕާސަނަލީ އަމިއްލަ ހައިސިއްޔަތުން އެނގޭ ހަމަ އެމްޑީޕީގެ މަޖިލިސް މެމްބަރުން އެބަތިއްބެވި، އެމްޑީޕީގެ ޕީޖީ ގުރޫޕުގައި މަޑުކުރައްވައި ތިއްބެވި ބޭފުޅުން."

ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ޕީއެންސީއާ މިރޭ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު ގުޅިވަޑައިގެންނެވީ، ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އަދި ސަރުކާރުގެ ތެރެއިން ނާޖާއިޒް މަންފާ އާއި ނުފޫޒް ހޯއްދެވުމަށްކަމަށް އާއްމުންނާއި ސިޔާސީ ފަރާތްތަކުންވެސް ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް އެމެމްބަރުންނަށް ފައިސާ އާއި މަޤާމު ނުވަތަ އެހެންވެސް ހުށައެޅުންތަކެއް ހުށައެޅިކަމަށް ކުރެވޭ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

ސަރުކާރުން މެމްބަރުންނަށް ރިޝްވަތުގެ ފައިސާ އާއި އެހެނިހެން މަންފާތައް ހުށައެޅިކަމުގެ ތުހުމަތު ދޮގުކޮށްފައި ވީނަމަވެސް މިރޭ ޕީއެންސީއަށް ސޮއެ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ ދަރިކަނބަލަކު ހުންނެވި ސިޔާސީ ވަޒީފާއެއްގެ މުއްދަތު ސަރުކާރުން ވަނީ އިތުރުކޮށްދީފައިކަން މީޑިއާއަށް ހާމަވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.