Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަޠީފް --

28 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ނައިބު ރައީސް ފަސްޓް ކުލާހުގައި ދަތުރުކުރެއްވީ ޖާގަ ނުލިބިގެން: ޝަހީބު

ރައީސާއި ނައިބު ރައީސް ފަސްޓް ކްލާހުގައި ދަތުރުފުޅު ނުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައި ވާއިރު، ނައިބު ރައީސް އެމަނިކުފާނުގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ފަސްޓް ކުލާހުގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ، ބިޒްނަސް ކުލާހުން ޖާގަ ނުލިބިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު ވަނީ، މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަޠީފް، ޗައިނާއަށާއި ސްވިޒަރލެންޑަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފްސީލް މީޑިއާއަށް ހާމަކުރައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފަސްޓްކުލާހުގައި ދަތުރުކުރެއްވީ، ޖާގަ ލިބިޑައިނުގަތުމުންކަމުގައި، ޝަހީބު ވިދާޅުވީ، ނައިބު ރައީސް ދަތުރުފުޅު ކުރެއްވީ ފަސްޓް ކުލާހުގައިކަން ފާހަގަކޮށް، ނޫސްތަކުން އެކަން ފާހަގަކުރަން ފެށުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް އުފައްދަވާފައިވާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖުގައެވެ.

ރައީސާއި ނައިބު ރައީސް ފަސްޓް ކުލާހުގައި ދަތުރުފުޅު ނުކުރައްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާނުކުރެއްވީ، އެމަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު ފަސްޓް ކުލާހުގައި ކުރެއްވުމަށްފަހު، މާލެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަދި އެމަނިކުފާނުވެސް ފަސްޓްކުލާހުން ދަތުރުފުޅު ކުރެއްވީ ބިޒްނަސް ކުލާހުން ޖާގަ ނުލިބި، ފަސްޓްކުލާހުން ދަތުރުކުރެއްވުމަށް މަޖުބޫރުވެގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވި ގޮތާއި ޚިލާފަށް، ފަސްޓް ކުލާހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވި އިރު އެދަތުރުފުޅުގެ ޓިކެޓަށް އެކަނިވެސް 353،750ރ ޚަރަދުވިކަމަށް ރައީސް އޮފީހުން އާއްމުކުރި ދަތުރުފުޅުގެ ޚަރަދު ހިސާބުތަކުން ދައްކައެވެ. އަދި މުޅި ދެ ދަތުރުފުޅަށް، 3.1 މިލިޔަން ރުފިޔާ ޚަރަދުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.