Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

28 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީނު މިނިވަންކުރެއްވުމާއި ގުޅޭ ގޮތުން ރައީސް ޑރ. މުޢިއްޒު ވައުދުފުޅު ފުއްދަވައިފިކަމަށް ވިދާޅުވެ ޝަހީބު އިތުރުފުޅު ހައްދަވައިފި

ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް މިނިވަންކުރެއްވެން އޮތީ ޝަރުޢީމަރުހަލާގެ ތެރެއިން ކަމަށާއި، ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ނޮވެމްބަރު 17ގައި ފުއްދަވާފައިވާކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު އިތުރުފުޅު ހައްދަވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވަޢުދުވެވަޑައިގެންނެވިއެވެ. އެހެން ނަމަވެސް އެވާހަކަފުޅުގެ މިސްރާބު މުޅިން ބަދަލުވެ މިއަދުގެ ނޫސްކޮށްފަރެންސްގައި ޝަހީބު ވިދާޅުވީ، ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު 17 ނޮވެމްބަރުގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވރަށް ސާފު އިބާރާތުން ވިދާޅުވީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބޭނުން މިވަގުތުން މިވަގުތަށް ނިމުނީކަމަށް ކަމަށެވެ. އެހެންވީމާ، އެ ދުވަހުން ފެށިގެން ސަރުކާރުގެ ފަރާތުން ކޯޓުތަކަށް އަތް ބޭނުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ މަރުހަލާ އެއޮތީ ނިމިފައިކަމުގައި ޝަހީބު ވިދާޅުވިއެވެ.

"ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި." 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްދު ޝަހީބު --

ޝަހީބުގެ ވާހަކަފުޅުގައި، ރައީސް ޔާމީނު މިނިވަން ކުރެއްވުމާއި ގުޅޭ ގޮތުން ދެން ސަރުކާރަށް ކުރެވޭނެ ކަމެއް ނެތްކަމުގައި ދޭހަވާ މޭރުމުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ޝަހީބު ވިދާޅުވީ، ރިޔާސީ އިންތިޚާބު ޑރ. މުއިއްޒަށް ކާމިޔާބުވުމާއި ގުޅިގެން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވީ، އެކަމަށް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަތުމުން ކަމަށެވެ. އަދި އެކަމަކީ، ކުރީ ސަރުކާރުގެ ހެޔޮފުޅުކަމުން ކުރެއްވި ކަމެއް ނޫންކަމުގައިވެސް ޝަހީބު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ތާއީދާއި ސަޕޯޓާއިއެކު، ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ސަރުކާރަށް ދޮޅުމަސް ވީއިރު ދެބޭފުޅުންގެ ދެމެދުގައި ވަނީ ގުޅުންތައް ގޯސްވެފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް މިސަރުކާރުން ބޭނުން ނުވާކަން މިހާރު ދަނީ ހާމަވަމުންކަމުގައި ރައީސް ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.