Advertisement

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ---

28 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ ސިފައިންގެ އަދަދު ނޭނގިގެން ޤައުމީ ސަލާމަތަށް ނުރައްކަލެއް ނެތްކަމުގައި ސަރުކާރުން ބުނެފި

މިސަރުކާރަށް ދޮޅުމަސް ވެގެން ދިޔައިރުވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދެއް ނޭނގުމަކީ، ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫންކަމުގައި ސަރުކާރުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ، މިހާތަނަށްވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދު ކަށަވަރު ނުވާކަމަށެވެ. ރާއްޖޭގައި ތިބީ އިންޑިއާގެ 89 ސިފައިން ކަމުގައި އެންމެ ފަހުން ސަރުކާރުން ބުނެފައި ވާއިރު އެއަދަދަށް އުނި އިތުރު އަތުވެދާނެކަމުގައިވެސް ޝަހީބު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރަށް ކަށަވަރުނުވުމަކީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ނުވާނެތޯ ތަަކުރާރުކޮށް، ދައުރު ނޫހުގެ ނޫސްވެރިޔާ ސުވާލުކުރުމުން ޝަހީބު ވިދާޅުވީ، އިންޑިއާ ސިފައިންގެ ޖުމުލަ އަދަދު ކަށަވަރު ނުވެގެން ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ސަރުކާރުން ނުދެކޭ ކަމަށެވެ.

"އިންޑީއާ ސިފައިންގެ އަދަދު މީޑިއާއަށް މި ދަންނަވަނީ އަޅުގަނޑުމެންނަށް ލިބޭ އަދަދު. ކަމާ ބެހޭ މުއައްސަސާތަކުން އެ ކަންތައްތައް ބަލާ, އެއީކީ ގައުމީ ސަލާމަތަށް ހުރި ނުރައްކާ ހުރި ކަމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގައެއް ނުކުރައްވާ."

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ---

ޝަހީބު ވިދާޅުވީ، އިންޑިއާ ސިފައިންގެ އަދަދުގެ ގޮތުގައި ރައީސް އޮފީހުން ހާމަކުރާ އަދަދަކީ އެއޮފީހަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާމަކުރާ އަދަދެއް ކަމަށެވެ. އަދި އެކަމުގެ ސާފު މައުލޫމާތު އެނގޭނީ ކަމާއި ބެހޭ އިދާރާތަކަށް ކަމުގައި ޝަހީބު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެގައުމަށް ފޮނުވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ސިފައިންގެ އެތައް ހާސް ބަޔަކު ރާއްޖޭގައި ތިބި ކަމަށެވެ. އަދި ހަތިޔާރު އެޅި އިންޑިއާ ސިފައިންވެސް ރާއްޖޭގައި ތިބި ކަމަށްބުނެ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވާހަކަތައް ފަތުރާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ދޮޅުމަސް ވެގެން ދިޔައިރު އަދި މިހާތަނަށް ރާއްޖެއިން އިންޑިއާ ސިފައިންގެ އެންމެ މީހަކުވެސް ފޮނުވާލެވުނު ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ސަރުކާރުން އެންމެ ފުރަތަމަ ބުނީ ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށެވެ. އެހެން ނަމަވެސް އޭގެފަހުން އެއަދަދު 89އަށް ސަރުކާރުން އިތުރު ކުރީ، އަސްކަރީ ހޮސްޕިޓަލް ސެނަހިޔާގައި މަސައްކަތް ކުރައްވާ އިންޑިއާގެ އަސްކަރީ ސިފައިންގެ ތެރޭގައި ހިމެނޭ ޑޮކްޓަރުން ހިމަނައިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.