Advertisement

ޕީއެންސީގެ ޗެއަރމަން އަދި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ ސްޕެޝަލް އެޑްވައިޒަރ ޢަބުދުއްރަހީމް ޢަބުދުﷲ ---

29 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އަބުދުއްރަހީމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނިއްޔާ މާރަނގަޅުކަމަށް!

އެމްޑީޕީގެ މެޖޯރިޓީއޮތް ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ނުދީފިއްޔާ އެއްގޮތެއްގައި އެކަން މާރަނގަޅުކަމުގައި، ޕީއެންސީގެ ޗެއަރމަން އަދި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ ސްޕެޝަލް އެޑްވައިޒަރ ޢަބުދުއްރަހީމް ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އޭނާމިހެން ވިދާޅުވީ، މިރޭ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ބޭއްވި، ޕީއެންސީގެ ޚާއްޞަ ޖަލްސާގައި، ވަޒީރުންނަށް ރުހުން ނުދީ، މަޖިލިސް ޗުއްޓީއަށް ދިޔުމާއި ގުޅިގެން އެކަމާއި މެދު ނުރުހުންފާޅުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އަބްދުއްރަހީމް ވިދާޅުވީ، ފެހި ޤާނޫނު އަސާސީގެ ދަށުން އުފެދިގެން އައި ކޮންމެ ވެރިކަމެއްގައިވެސް އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ކަމަށެވެ. އަދި މިސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފަސްކުރަމުން ދަނީ ކަންކަން ހަޖަމު ނުވެގެން ކަމުގައިވެސް އަބުދުއްރަހީމް ވިދާޅުވިއެވެ. މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ، ރުހުން ދެންޏާ ދޭންވީ ކަމަށާއި، ރުހުން ނުދިނަސް އެންމެ ރަނގަޅުކަމަށާއި އަދި އެވަރަކުން ރުހުން ހޯއްދަވަން ނުވެސް އުޅުއްވާ ކަމަށެވެ.

"ރުހުން ނުދީފިއްޔާ އެއްގޮތެއްގައި މާރަނގަޅު. އޭރުން އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިގެން، ވަޒީރަކު ވަތްކެއް ނުކުރެވޭނެ. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޤައުމަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު އޮންނާނެ. އެހެންވީމާ އެކަމުގެ ކަންބޮޑުވުމެއް އަޅުގަނޑުމެންގެ ނެތް މިހާރަކު. އަޅުގަނޑުމެން މިތިބީ ރުހުންދޭތޯ ނޫންތޯ ބަލާކަށް ނޫން." 

ޕީއެންސީގެ ޗެއަރމަން އަދި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ ސްޕެޝަލް އެޑްވައިޒަރ ޢަބުދުއްރަހީމް ޢަބުދުﷲ --

އަބުދުއްރަހީމް ވިދާޅުވީ، އެބޭފުޅުން ތިއްބެވީ ރައްޔިތުންނާއިއެކު ކުރިޔަށްދާން ކަމަށެވެ. އަދި ޕީއެންސީގެ ކާމިޔާބީގެ ދަތުރު ޚުލާސާކޮށްދެއްވައި އަބުދުއްރަހީމް ވިދާޅުވީ، 2018އިން 2023އަށް ޕީޕީއެމް ޕީއެންސީ ދަތުރުކުރީ ވަރަށް ގަދަ ކަނޑެއްގައި ކަމަށެވެ. އެހެންނަމަވެސް އެދަތި އުނދަގޫ ހާލަތު ކަޑައްތުކޮށް މިއަދާއި ހަމައަށް އައީ ވަރަށް ވަރުގަދަ އަޒުމަކާއި އެކީގައި ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުން ލަސްވިކަމުގައި ވީނަމަވެސް، ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރެއްވުމަށް ޤާނޫނީގޮތުން އެއްވެސް ހުރަހެއް ނެތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.