Advertisement

އަބުދުއްރަހީމް ރައީސް މުއިއްޒާއި، ނައިބު ރައިީސް ހުސައިން މުޙައްމަދު ލަޠީފާއިއެކު --

28 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ތިންމަސް ދުވަހުގެ ތެރޭގައި ޕީއެންސީއަށް 37000 މީހުން ސޮއެކޮށްފި

ރިޔާސީ އިންތިޚާބު ކާމޔާބު ކުރެވުމަށްފަހު، މިހާތަނަށް، ޕީއެންސީއަށް 37000 ވުރެ ގިނަ މީހުން ސޮއެކޮށްފައިވާ ކަމުގައި އެޕާޓީން ހާމަކޮށްފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިޔަށްދާ، ޕީޕީއެމް ޕީއެންސީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އެޕާޓީގެ ޗެއާ ޕާސަން އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، 1 އޮކްޓޫބަރުގައި ޕީޕީއެމް ޕީއެންސީއަށް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނު އިރު، ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިބީ، 3022 މީހުންކަމަށެވެ. އެހެންނަމަވެސް މިރެއާ ހަމައަށް އައިރު، ޕީއެންސީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު 40،000 ވުރެ ގިނަ ކަމަށެވެ.

އަބުދުއްރަހީމްގެ ވާހަކަފުޅުގައި ވަނީ، ޕީޕީއެމް ޕީއެންސީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކޯލިޝަނުން ކުރި ދަތުރުގެ މައްޗަށްވެސް ޚުލާޞާގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ޕީއެންސީގެ ގޮތުގައި އެޕާޓީގެ ކުރުނަން ބޭނުންކުރުން ހުއްޓާލައި، ކޮންގްރެސް ޕާޓީގެ ގޮތުގައި، ނަންކިޔުމަށް ޢަބުދުއްރަހީމް އެދިވަޑައިގަތެެވެ. އަދި ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެ ބިޔަ ބޮޑު ޕާޓީއަށް އެޕާޓީވެގެންދާނެ ކަމުގައިވެސް ޢަބުދުއްރަހީމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާަގައި ވަނީ ޕީއެންސީގެ ރަސްމީ ލަވަވެސް ލޯންޗުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.