Advertisement

ޕީއެންސީއަށް ސޮއެކުރެއްވި މެމްބަރުން ---

28 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި 13 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގެންފި

އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި 13 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ނާކާމިޔާބު ވުމާއިއެކު އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއާ ގުޅިވަޑައިގެންނެވި ތޭރަ މެމްބަރުންނަކީ؛

1- ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދައިރާގެ އިބްރާހިމް ޝަރީފް

2- ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު

3- ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް

4- ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު

5- ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް

6- ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ އަބްދުލްހަކީމް

7- ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

8- ރައްޔިތުންގެ މަޖިލީހުގެ  މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު

9- ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު

10- ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު މެމްބަރު ދާއިރާގެ އާދަމް އަލީ

11- ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު

12- ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

13- ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒު

މިމެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން މިރޭގެ ޖަލްސާގައި ބައިވެރިވަޑައި ނުގަންނަވައެވެ. މިރޭގެ ޖަލްސާގައި ޕީޕީއެމްއަށް ސޮއެކުރެއްވި މެމްބަރުން ވަނީ އެމެމްބަރުންގެ މެމްބަރޝިޕް ފޯމް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ހަވާލުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Sep 2024
ޚަބަރު
ފަޒީގެ ހިޖާމާ ކުލިނިކް ބަންދުކުރަން ފުލުހުން ނުކުމެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހެލްތު މިނިސްޓްރީން އެ އިދާރާއަށް ހުށައަޅާފައި ވަނީ، ހުއްދަ ނުނަގައި ހުޅުމާލޭގައި ހިންގަމުން އަންނަ ކްލިނިކެއްގެ މައްސަލަ ކަމަށެވެ. އެއީ ކޮން ކްލިނިކެއްކަން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އެކްލިނިކަކީ، ފަޒީސް ހިޖާމާ ތެރަޕީގެ ނަމުގައި ހިންގަމުުން އަންނަ ކްލިނިކްކަން އެނގިފައިވެއެވެ.
22 Sep 2024
ޚަބަރު
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި
އެތިން މީހުންނަކީ، ޕާކިސްތާނުގެ ރައްޔިތެއް ކަމުގައިވާ، މޮލްވި މުޙައްމަދު ހާރޫން (49އ) އާއި، ވ. ސިނަމާލެ 4 3-03 ޝާހިލް މުޙައްމަދު (40އ) އަދި ހދ. ކުމުންދޫ / ނަރުގިސްވިލާ، އަޙްމަދު ޢައްފާނު (25އ) ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.
22 Sep 2024
ޚަބަރު
ތަރައްޤީ ހޯދޭނީ އިޙްތިރާމް ހޯދައިގެން : ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަޞައްވަރު ހާމަކުރެއްވުމަށް ކަމަށެވެ.
22 Sep 2024
ޚަބަރު
މާލޭގެ މަގުތައް މަތިން ބައު އުޅަނދުތައް ނަގަންފަށައިފި
މާލޭ ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި އެމަސައްކަތް ހޮނިހިރު ދުވަހު ފަށާފައި ވަނީ، އެކައުންސިލާއި، ފުލުހުންގެ އިދާރާއިން ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލުން ފާހަގަކުރައްވާަފައިވާ ގޮތުގައި މާލޭގެ މަގުތައް މަތީގައި އަދި ޕާކިން ޒޯނުތަކުގައި ގިނަ އަދަދެއްގެ ބައު އުޅަނދުފަހަރު މަގުމައްޗަށް ދޫކޮށްލާފައި އެބަހުއްޓެވެ. އެހެންވެ އެތަކެތި ނަގައި މަގުތައް ސާފު ކުރުމަކީ، ދުއްވާ އެއްޗިއްސާއި ހިނގާމީހުންނަށްވެސް އެކަމުން ފަސޭހަތައް ލިބިގެންދާނެކަމެއްކަން ސިޓީކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ.