ޚަބަރު
30 Dec 2023
ޚަބަރު
ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީން ނިންމައިފި
ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ރުހުންދިނުމަށް ފާސްކޮށްފައި ވަނީ، ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީން ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް، ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމި ނަމަވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުންދިނުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށް ނިންމާފައި ވަނީ ވަކިވަކީންނެވެ.
30 Dec 2023
ޚަބަރު
ޓްރިވަންޑްރަމް އެއަރޕޯޓުން ބޯޑިން އިއުލާނުކުރުން ހުއްޓާލައި ސައިލަންޓް އެއަރޕޯޓަކަށް
އިންޑިއާގެ ޓްރިވަންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުން ޖެނުއަރީ 1، 2024 ފެށިގެން ސައިލެންޓް އެއަރޕޯޓަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ. މި ނިންމުމާއިއެކު 1 ޖަނަވަރީން ފެށިގެން އެ އެއަރޕޯޓްގައި ދެން ބޯޑިންއަށް އިއުލާނެއް ނުކުރާނެއެވެ.
30 Dec 2023
ޚަބަރު
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ރަންވޭގެ އެއްބައި ކުރިއަށްއޮތް މަސްދުވަހު ނިމޭނެ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭއިން ރަންވޭގެ އެއްބައި ކުރިއަށްއޮތް މަހެއްހައި ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެފިއެވެ.
30 Dec 2023
ޚަބަރު
އައު އަހަރު ފާހަގަކުރުމަށް މިއުޒިކް ޝޯއާއި ހަވާއެރުވުން ކެންސަލްކޮށްފި
އައު އަހަރު ފާހަގަ ކުރުމަށް ބާއްވަން ނިންމި "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024"ގެ ރޭގަނޑު ހަރަކާތްތައް ފަސްކުރަން އެކަން އިންތިޒާމުކުރި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ނިންމައިފިއެވެ.
30 Dec 2023
ޚަބަރު
އިނގުރައިދޫގައި ސައިކަލެއް ރޯކޮށްލި މައްސަލަ ފުލުުހުން ބަލަނީ
ފުލުހުންގެ އިދާރާއިން ބުނީ އެމައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. ފުލުހުން ބުނީ މަގުމަތީގައި ހުރި ސައިކަލެއްގައި ރޯކޮށްލިކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ސީންއަށް ދިޔައިރު އެސައިކަލު އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
30 Dec 2023
ޚަބަރު
"މަދިރިން ރައްކާ"ގެ ނަމުގައި އާބަންކޯއިން ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
"މަދިރިން ރައްކާ"ގެ ނަމުގައި އާބަންކޯއިން ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ފަށައިފިއެވެ. މިހަރަކާތްފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު، ޝަރަފްވެރިކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިގް އިބްރާހިމްއެވެ.
29 Dec 2023
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިންޑިއާ ސަފީރާ ބައްދަލުކުރިކަމަށް ސަރުކާރުން ފެތުރިވާހަކަތައް ދޮގުކޮށްފި
ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިން ކުރި ތުހުމަތުތައް އިންޑިއާާ ހައިކޮމިޝަނުން މިރޭ ދޮގުކުރި އިރު، ރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ނުރަނގަޅު މައުލޫމާތެއްގެ މައްޗަށް އަދި ޚާއްޞަކޮށް ސޯޝަލްމީޑިއާގައި ބަޔަކު ފަތުރާ އެއްޗެއްގެ ހަޤީޤަތް އެނގުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ވާހަކަފުޅު ދެއްކެވުންވެސް، އިދިކޮޅު ފަރާތްތަކުން ފާހަގަކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައެވެ.
29 Dec 2023
ޚަބަރު
ކުޅުދުއްފުށީ އެއާޕޯޓުން ފުރަންދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނު މައްސަލަ ބަލަންފަށައިފި
ފުލުހުންގެ އިދާރާއިން ބުނީ އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ފުލުހުންބުނީ، ވަޒަން ފެނިފައި ވަނީ ފުރަންދިޔަ ދިވެހި އަންހެނެއްގެ އަތްދަބަހުން ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެކަން ބަލަމުންދާ ކަމަށެވެ.
29 Dec 2023
ޚަބަރު
ކަނޑުއުޅަނދު ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފި
ސްކޫލް ބަންދާ ދިމާކޮށް ކަނޑުއުޅަނދު ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް މެރިން ޕޮލިހުން ފަށައިފިއެވެ. މިއީ ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ އާއި ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
29 Dec 2023
ޚަބަރު
ކުރިއަށްއޮތް 4 ދުވަހުވެސް މޫސުން ގޯސް
ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުން ގޯސްވުމާއިއެކު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
29 Dec 2023
ޚަބަރު
މާވެޔޮ މިސްކިތް ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރ ނަގައިފި
މާވެޔޮ މިސްކިތް ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ނަގައިފިއެވެ. މިތަން ހުރީ މިސްކިތް ކައިރީ މަގުމައްޗަށްވާގޮތަށެވެ.
29 Dec 2023
ޚަބަރު
ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ވަރުގަދަކުރަން މަސައްކަތް ކުރަނީ އެމްޑީޕީން - ބިގޭ
އަދި އެމް.ޑީ.ޕީ އަކީ ރާއްޖެ އެދޭ ހެޔޮ ބަދަލަށް ވަކާލާތުކޮށް ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރާ ޕާޓީކަމަށާއި، އެމް.ޑީ.ޕީގެ މެމްބަރުންނަކީ ސާބިތުކަމާއެކު ގައުމާއި ރައްޔިތުންގެ ކުރިމަގާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގަ މާޔޫސްކަމެއް، ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ މެންބަރުން ކަމުގައިވެސް އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު ރަޝީދު ހުސައިން ވިދާޅުވިއެވެ.
29 Dec 2023
ޚަބަރު
ވިއްސާރައިގަ ހިންނަވަރު ގެއެއްގެ ފުރާޅު އެއްލާލައިފި
“ނޫން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރާޅު އެއްލާލާފައިވަނީ އެ ރަށު މެދުހުރަސް މަގުގައި ހުންނަ “މާރަނގަ” ނަމަކަށް ކިޔާ ގޭގެ. އަދި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ.
29 Dec 2023
ވިޔަފާރި
ވީއައިއޭގައި ޖެޓް ޕާކުކުރެވޭ ޖާގަ އިތުރުކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޖެޓްތައް ޕާކުކުރުމަށް ޖާގަ އިތުރުކޮށްފިއެވެ. ކޮންމެ އަހަރެއްގެ ފިނި މޫސުމާއި އަދި އައު އަހަރާއި ދިމާކޮށް ވީއައިއޭއަށް ގިނަ އަދަދެއްގެ ޖެޓްތައް އާދެއެވެ. އެމްއޭސީއެލްއިން ބުނީ ޖެޓްތައް ޕާކުކުރެވޭ ޖާގަ އިތުރުކޮށް މި އަހަރުގެ ފިނި މޫސުމުގެ ޗުއްޓީއަށް ވީއައިއޭ ތައްޔާރުވެފައިވާކަމަށެވެ.
29 Dec 2023
ޚަބަރު
ރާއްޖޭގެ ހުޅަނގު ދެކުނުން އިންޑިއާކަނޑަށް ގާތްގާތުގައި މިއަދު ހަތަރު ބިންހެލުން އަތުވެއްޖެ
29 Dec 2023
ޚަބަރު
އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
އަޑުގެ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ އަޑުން މެދުކެނޑުމެއްނެތި ގެނެސްދެމުންގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ޕްރޮގްރާމެވެ. މިއަދުގެ ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ އަޑުގެ61 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ގެނެސްދިން ޚާއްޞަ ޕްރޮގްރާމެކެވެ.