Advertisement

ފޮޓޯ: އެމްއޭސީއެލް

31 Dec 2023
ޚަބަރު

ވިއްސާރައިގެ ސަބަބުން ވީއައިއޭއަށް ޖައްސަން އައި ބައެއް ފްލައިޓުތައް ކެންސަލްކޮށްފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްއަށް ޖައްސަން ހަމަޖައްސާފައިވާ ބައެއް ފްލައިޓްތައް ޑިލޭވެ ކެންސަލްވެއްޖެއެވެ. 

ވިއްސާރައާއި ގުޅިގެން ވީއައިއޭގައި ޖައްސަން ޝެޑިއުލްކޮށްފައިވާ 8 ފްލައިޓެއް ވަނީ ޑިލޭވެފައެވެ. އަދި 2 ފްލައިޓެއް ވަނީ ކެންސަލްވެފައެވެ.

ވާރޭ ވެހުމުގެ ސަބަބުން ޖައްވު ފުސްވެ ވީއައިއޭއަށް ޖައްސައް އައި ބައެއް ފްލައިޓްތައް ޑައިވާޓްވެސް ކޮށްފައިވެއެވެ. ނަމަވެސް ވާރޭ ތުނިކޮށްލުމުން އަލުން ފްލައިޓްތައް ވަނީ ވީއައިއޭގައި ޖައްސަން ފަށާފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވި ނަމަވެސް އެއަރޕޯޓްގެ އޮޕަރޭޝަންސްތައް ނުހުއްޓި ކުރިއަށްދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ވިދާޅުވެއެވެ. 

އެއަރޕޯޓްގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވި ނަމަވެސް ގެއްލުމެއް ނުވާކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެއަރޕޯޓަށް އަންނަ މަގުގައި ފެންބޮޑުވެފައިވާތީ އެކަމަށް އާންމުން ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފުރަން އެއަރޕޯޓަށް ކުރީބައިގައި އައުމަށްވެސް ވަނީ އެދިފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.