Advertisement

އަތޮޅުތެރޭގައި ސިފައިން ފެން ހިއްކުމުގެ މަސައްކަތް ކުރަނީ ---

31 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ބޯކޮށް ވާރޭވެހި މާލެއާ އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލެއާ އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވީ، މާލޭގެ އިތުރުން، ފ. ނިލަންދޫ، ކ. ގުރައިދޫ، ލ. ގަން އަދި ލ. ފޮނަދޫގެ އިތުރުން ސ. މަރަދޫގައި ފެންބޮޑުވެފައިވާ ކަމަށެވެ. މީގެ އިތރުން މިހާތަނަށް ލިބުނު ރިޕޯޓްތަކަށް ބަލާއިރު، ކ. ގުރައިދޫގެ 20 ގެއަކަށް ފެންވަދެ 3 ގެއަކުން މީހުން ބަދަލުކުރެވިފައިވާ ކަމުގައިވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މާލޭގައިވެސް ފެން ހިއްކުމުގެ މަސައްކަތް ސިފައިން ނުކުމެ މިހާރު ކުރަމުންދާއިރު، އަތޮޅުތަކުގައި ފެންހިންދުމުގެ މަސައްކަތް ކުރަމުން ދަނީ، ފުލުހުންނާއި ސިފައިން އަދި އެރަށްރަށުގެ އާއްމުން ގުޅިގެންނެވެ.

ކުރިޔަށް އޮތް ތިންދުވަހުވެސް ރާއްޖޭގެ ސަރަހައްދުތަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
07 Apr 2025
ޖުޑީޝަލް ސަރވިސް ކޮމިޝަން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދު، މިއަދު ޢައްޔަނުކުރައްވައިފިއެވެ.
07 Apr 2025
ރައްޔިތުންގެ މަޖިލީހުގެ ރައީސް
ދުނިޔޭގެ ސުލްޙަ މަސަލަސްކަމަށް މަޝްވަރާ މުހިންމު: މަޖިލީހުގެ ރައީސް
މިއަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި، ނުފޫޒު ނުފޯރުވުމާއި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި، ވިޔަފާރިއާއި ސަގާފަތުގައި އެއްބާރުލުން ދިނުމުގެ ބޭނުން ހިފުމުގައި ބަންޑުން އުސޫލުތަކުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރައްވާފައިވޭ.
07 Apr 2025
ތަޢުލީމް
ދަރީންނަށް ތަޢުލީމު ދިނުމަކީ އިންވެސްޓްމެންޓެއް: ރައީސުލްޖުމްހޫރިއްޔާ
އެ މަނިކުފާނު ވިދާޅުވީ، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރެއްވުމަށެވެ. އެގޮތުން ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދަރިވަރުން ހޯދާ ނަތީޖާތައް އިތުރަށް ރަގަޅުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
06 Apr 2025
ޚަބަރު
ޝަރީއަތް ނިމެންދެން ޝަމްޢާން ބަންދުކޮށްފި
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ހައްޔަރުކޮށްފައި ވަނީ 22 މާރިޗު 2025 ގައެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކާއި ގުޅިގެން، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދާކަމުގެ ތުހުމަތެވެ. އަދި އެމައްސަލަ އާއި ގުޅިގެން ޝަމްޢާން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެގެއިން ބައިމިލިޔަނަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ.