Advertisement

ސިފައިން ޕަންޕުޖަހައިގެން ފެން ހިއްކުމުގެ މަސައްކަތުގައި --

31 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ޖަންކްޝަންތަކުން ނަޖިސް އަރައި މާލޭ އީދު މިސްކިތް ބަންދުކޮށްފި

މާލެއަށް ވެހެމުންދާ ބޯވާރޭގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާއިރު، މާލޭ އީދު މިސްކިތުގެ ހަރިންމަ ތެރޭގައި ހުރު ޖަންކްޝަނަކުން ނަޖިސް އަރައި އެމިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި އެމިސްކިތުގެ ވުޟޫކުރާ ބައިގެ ކައިރިއަށް ވަރަށް ބޮޑަށް ވަނީ ނަޖިސްތައް ފެތުރިފައެވެ. 

އީދު މިސްކިތް ބަންދުކޮށްފައިވާކަމަށް މައުލޫމާތު ލިބިފައި ވިޔަސް އެކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބަހެއް އަދި ނުލިބެއެވެ.

މާލެއަށް ރެއިން ފެށިގެން ވެހެމުންދާ ބޯވާރޭގައި މާލޭގައި، ޚާއްސަކޮށް މާފަންނުކޮޅުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލޭގެ މަގުތަކުން ފެންހިއްކުމަށް ސިފައިން ޕަންޕުޖައްސައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މާލެ ސަރަހައްދަށް މޫސުމް އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިހާރު އޮތީ ހަވީރު، 5:15 އާއި ހަމައަށް މާލެ އަތޮޅަށާއި އަރިއަތޮޅަށް އޮރެންޖް އެލާޓްވެސް ނެރެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.