Advertisement

ކިއުބާގެ އިންޤިލާބީ ދުވަހުގެ މުނާޞަބާގައި ބޭއްވި އަސްކަރީ ޕެރޭޑްގެ ތެރެއިން ---

01 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ކިއުބާގެ އިންޤިލާބީ ދުވަހުގެ މުނާޞަބަތުގައި ރައީސް ތަޙްނިޔާ ފޮނުއްވައިފި

ކިއުބާގައި ފާހަގަކުރާ، އެޤައުމުގެ އިންޤިލާބީ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކިއުބާގެ ވެރިންނަށް ތަޙްނިޔާ ފޮނުއްވައިފިއެވެ.

ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ކިއުބާގެ ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒްއަށް ވަކިވަކިން ފޮނުއްވެވި މެސެޖުގައި، ކިއުބާގެ އިންޤިލާބީ ދުވަހުގެ ތަހުނިޔާއާ އިޙްލާޞްތެރި ހެޔޮއެދުންތައް އެޤައުމުގެ ރައީސްއާ ބޮޑުވަޒީރަށާއި އަދި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވިއެވެ.

ކިއުބާގައި، އިންޤިލާބީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހެވެ. 1960 ވަނަ އަހަރުން ފެށިގެން ކިއުބާގައި މިދުވަސް ފާހަގަކުރަން ފަށާފައި ވަނީ، އަވަހާރަވި ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވާ ގެންނެވި އިންގިލާބުގެ ކާމިޔާބީތައް ފާހަގަކުރެއްވުމުންނެވެ.

ކިއުބާގެ އިންޤިލާބީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެޤައުމުގައި އަސްކަރީ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ބާއްވައެވެ.

ކާސްޓްރޯ އިސްވެ ހުންނަވައި، އަސްކަރީ އިންޤިލާބަކުން، ކިއުބާގެ ވެރިކަން ބަދަލުކޮށްލެއްވީ، އޭރު ކިއުބާގެ ވެރިކަމަށް ބަޣާވާތަކުން ވަޑައިގެންނެވުމަށްފަހު ވެރިކަމުގައި ދެމި ހުންނެވި، ފުލްގެންސިއޭ ބަޓިސްޓާގެ ވެރިކަން 31 ޑިސެމްބަރު 1958ގައި ނިމުމަކަށް ގެންނަވައިގެންނެވެ. އޭނާ ޤައުމުދޫކޮށް ފިއްލެވީ، އޭނާގެ ވެރިކަމުގައި ހިނގަމުން ދިޔަ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކާއި ގޭންގުކުށްތަކާއި ބޭއިންސާފާއި ދެކޮޅަށް ނުކުތް ފަރާތްތަކުގެ އުތުރިއެރުންތަކާއި ގުޅިގެން ވެރިކަން ނުދެމެހެއްޓޭނެކަން ޔަޤީން ވުމުންނެވެ. 

ކިއުބާގެ އިންޤިލާބީ ލީޑަރު ފިޑެލް ކާސްޓްރޯ 1965 އިން 2011އަށް 46 އަހަރު ކިއުބާގެ ރައީސް ކަމުގެ މަޤާމުގައި ދެމިހުންނެވިއެވެ.

ދިވެހިރާއްޖެއިން ކިއުބާއާއި އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1977 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.