Advertisement

ކުރީގެ ގުރުއާނާއި ބެހޭ މަރުކަޒު -- ފޮޓޯ: ސޯޝަލްމީޑިއާ

30 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މުސްކުޅިންގެ މަރުކަޒު 78 އަހަރުވީ މުސްކުޅި އިމާރާތެއްގައި ހެދުމަށް ސަރުކާރުން ނިންމައިފި

މުޖުތަމައުގައި އިސް ރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި، އިޖުތިމާއީ ކަންކަމުގައި އިސް ރަށްވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު، އިސް ރަށްވެހިންގެ ސިއްހީ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގެ ގޮތުން ޤާއިމްކުރާ އިސްރަށްވެހިންގެ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، މާލޭސީޓީގައި އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި ކަމަށެވެ. މިގޮތުން، މި މަރުކަޒު ޤާއިމްކުރުމަށް ނިންމާފައިވަނީ އެންމެ ފަހުން ޤުރުއާނާއި ބެހޭ މަރުކަޒު ހިންގި، މަޖީދިއްޔާ ސްކޫލުގެ އުތުރު ފަރާތުގައި ހުރި ދުވަސްވީ އިމާރާތުގައި ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެެވެ.

ޤުރުއާނާއި ބެހޭ މަރުކަޒު ހިންގި އެ އިމާރާތަކީ، ރައީސް މުޙައްމަދު އަމީންގެ ވެރިކަމުގެ ކުރިން ފެށިގެން މެދު ނުކެނޑި ބޭނުންކުރަމުން އަންނަތާ 78 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަދި އެކި ދުވަސްވަރު އެކި ބަދަލުތައް ގެނެސްފައިވާ ޢިމާރާތެކެވެ. އެއިމާރާތަކީ ދިވެހި ތާރީޚުގައި މަޝްހޫރު ނާދީ ތަަމައްދުންއެވެ. އެއިމާރާތް ބިނާކުރެވުނީ، 1945 ވަނަ އަހަރުކަމުގައި ވީނަމަވެސް އެކި ދުވަސްވަރުގައި އެއިމާރާތަށް ބައިތައް އިތުރުކުރެވި، މަރާމާތުކޮށް ބަދަލުތައް ގެނެވިފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ދައުލަތުގެ ފަރާތުން ބޭއްވި ރަސްމީ މުހިއްމު އެކި ބައްދަލުވުންތައް އެއިމާރާތުގައި ބޭއްވުނު، އަވާހަރަވި ރާނީ ކުއީން އެލިޒަބަތު 2 ވަނަވެސް އެއިމާރާތަށް ޒިޔާރަތްކުރެއްވިއެވެ. އެގޮތުން އެ އިމާރާތަކީ، މާލޭގެ ދޮށީ އުމުރުގެ މީހުންގެ ހަނދާންތަކާއިވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތާރީޚީ އިމާރާތެކެވެ.

މި އިމާރާތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ޤައުމީ ދިފާއީ ބާރުގެ ވެލްފެއާ ކުންފުނި ސިވެކްއާއި ހަވާލުކޮށްކަމުގައިވެސް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.މީގެ އިތުރުން މާލޭގައި ޤާއިމްކުރާ އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒަކީ، އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަށް ބިނާކުރުމުގެ މަޝްރޫއުގެ ދަށުން ޤާއިމްކުރާ ފުރަތަމަ މަރުކަޒެވެ. 

މީގެ އިތުރުން، ހުޅުމާލެއާ ފ. ނިލަންދޫ އަދި، އއ. އަތޮޅާއި، ނ. އަތޮޅުގައިވެސް އިސްރަށްވެހިންގެ މަރުކަޒުތައް ޤާއިމް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ. 

އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މާލޭގައި ޤާއިމްކުރާ އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒުން ދެވޭ ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅު ކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ތަންތަނުގެ ޚިދުމަތް އިސް ރަށްވެހިންނަށް ފޯރުކޮށްދިނުމަށްޓަކައި އެންސްޕާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ފަދަ ގުޅިންހުރި އިދާރާތަކާއި އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކާއި އެކު މަޝްވަރާކޮށް ގުޅިގެން ހިންގޭނެ ޕްރޮގްރާމުތައް ދެނެގަނެ އެކްޓިވިޓީ ކަލަންޑަރެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީން އަންނަނީ ކުރަމުން ނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.