Advertisement

ސިފައިން ފެން ހިންދުމުގެ މަސައްކަތުގައި --

31 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ޔެލޯ އެލާޓް އޮރެންޖް އިންޒާރަކަށް ބަދަލުކޮށް ސަމާލުވާން އަންގައިފި

މާލެ އަތޮޅުންފެށިގެން ވ. އަތޮޅަށް ނެރެފައި އޮތް ޔެލޯ އެލާޓް އޮރެންޖް އެލާޓަކަށް ބަދަލުކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 8ން މެންދުރުފަހު 2އަށް މާލެއަށް 69.6 މިލިލީޓަރުގެ ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވުނު ކަމަށާއި ހުޅުލެއަށް 95.5 މިލި ލީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން 2 ގަޑިއަރަށް އޮރެންޖް އެލާޓް ނެރެފައި ވަނީ، މާލެއަތޮޅާއި އަރިއަތޮޅަށެވެ.

މިއަދު 15:15 އިން 17:15އަށް އޮރެޖް އެލާޓް ނެރެފައި ވަނީ ބޯކޮށްވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީއެވެ. މިހާރުވެސް ރެއިންފެށިގެން ވެހެމުންދާ ބޯ ވާރޭގެ ސަބަބުން، މާލެ އާއި ހުޅުމާލެ އަދި މާލެ އަތޮޅާއި ދެކުނުގެ ބައެއް އަތޮޅުތަކުގައި ފެންބޮޑުވެ ގެއްލުންތައް ދަނީ ލިބެމުންނެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ، ވިއްސާރަ މާދަމާއި ހަަމައަށް ދެމިގެންދާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.