Advertisement

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް -- ފޮޓޯ: އާބަންކޯ

30 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލެ 3ން ކުރީސަރުކާރުން ގޯތި ދީފައިވާ މީހުންނަށް ވެލިފުކެއްގެ މިންވަރުވެސް އުނިނުކޮށް ގޯތިދޭނެ: ފަޒުލް

ކުރީސަރުކާރުން ހުޅުމާލެ 3ން ގޯތި ދީފައިވާ މީހުންނަށް ވެލިފުކެއްގެ މިންވަރުވެސް އުނިނުކޮށް މިސަރުކާރުން ގޯތިދޭނެ ކަމުުގައި، އާބަންކޯގެ މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ހުޅުމާލެއިން ދޫކުރި ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން އުޅޭކަމުގެ ކަންބޮޑުވުންތައް ފެތުރިފައި ވަނިކޮށް، އަދި މިއަދު ހުޅުމާލެ ފޭސް 3ގެ ތިންވަނަ ބައިގެ ބިންހިއްކުމުގެ މަސައްކަތުގެ ފެށުން ފާހަގަކުރައްވައި ފަޒުލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީސަރުކާރުން ހުޅުމާލެ 3ން ގޯތި ދީފައިވާ މީހުންނަށް ވެލިފުކެއްގެ މިންވަރުވެސް އުނިނުކޮށް މިސަރުކާރުން ގޯތިދޭނެކަމަށާއި، އިތުރަށް ފުރިހަމަކޮށްދޭނެ ކަމުގައި ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، ހުޅުމާލެ ފޭސް 3 ގެ މަސައްކަތްތައް އެއްވެސް އިރަކު ނުހުއްޓޭކަމަށާއި، ހުޅުމާލެއާ ތިލަފުށި އަދި ރަސްމާލޭގައިވެސް ބާރު ސްޕީޑުގައި މަސައްކަތް ކުރިޔަށްދާކަމަށެވެ. 

" ރަސްމާލޭގައި ބަންޑް ވޯލްގެ މަސައްކަތްތައް އެބަ ހިނގާ، މިކޮޅުގައި (ހުޅުމާލޭގައި) ބިންހިއްކުމުގެ މަސައްކަތްތައް ޑްރެޖަރ މަރާމާތު ކުރުމަށްފަހުގައި މިފެށުނީ. އަދި އޭގެ އިތުރުން ގުޅީފަޅުގަިއވެސް ތިލަފުށީގައި ވެސް، ހަމަ މަސައްކަތް އެބަ ހިނގާ ބާރު ސްޕީޑުގައި."

އާބަންކޯގެ މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު

ފަޒުލްވިދާޅުވީ އާބަންކޯއިން މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާވެސް އަވަހަށް އަދި ފަސޭހަކޮށް ޚިދުމަތްތައް ދިނުމަށް ކަމަށެވެ. 

3 ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ 10 ހެކްޓަރ ބިން ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. 2ވަނަ ފޭސް ގައި ހިއްކުމަށް ކަނޑައެޅިފައިވަނީ 29 ހެކްޓަރ އެވެ. އަދި ތިން ވަނަ ފޭސް ގައި 24 ހެކްޓަރ އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.