Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

28 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރަޖިސްޓްރީ ނުކޮށް ހިންގަމުން ދިޔަ ސަރުކާރާއި ދެކޮޅަށް ފާޑުކިޔާ ނޫސްތައް ބްލޮކްކުރީ ކޮންބައެއްކަމެއް ނޭނގުނު!

ސަރުކާރާއި ދެކޮޅަށް ފާޑުކިޔައި، ލިޔުންތައް ޝާއިއުކުރަމުން ދިޔަ ދެ އޮންލައިން ނޫހެއް ބްލޮކްކުރީ ކޮން އިދާރާއަކުންކަން ބުނެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން މުހައްމަދު ޝަހީބު ދެކޮޅު ހައްދަވައިފިއެވެ.

ސަރުކާރުގެ ކަންކަމާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބްލޮކް ކުރި ނޫސްތައް އަން ބްލޮކްކޮށްފިކަން ޝަހީބު އިއުލާނުކުރެއްވުމާއި ގުޅިގެން ކުރިން އެ އޮންލައިން ނޫސްތައް ބަންދުކުރީ ސަރުކާރުންކޮން އިދާރާއަކުން އަންގައިގެންތޯ ނޫސްވެރިން ޝަހީބާއި ސުވާލުކުރިއެވެ. އޭގެ ޖަވާބުގައި ޝަހީބު ވަނީ، އެ ވެބްސައިޓްތައް ބްލޮކް ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހުން އަންގައިގެން ނޫންކަމުގައި ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ، ބްލޮކްކުރި ނޫސްތައް އަންބްލޮކް ކުރުމަށް ސަރުކާރުން ނިންމީ، އެކަމާއި ގުޅޭ ގޮތުން ކަމާއި ގުޅޭ އިދާރާތަކާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހުގައި ކުރެއްވުނު މަޝްވަރާތަކަށް ފަހުގައި ކަމަށެވެ. އެހެން ނަމަވެސް ސީދާ ވެބްސައިޓްތައް ބްލޮކްކުރުމުގެ ނިންމުން ނިންމައި އެކަން ތަންފީޒުކުރީ ކޮން އިދާރާއަކުން ކަމެއް ޝަހީބު ވިދާޅެއް ނުވިއެވެ.

ޝަހީބު ވިދާޅުވީ، އެކަން އޮންނާނީ، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރުގެ ބެއްލެވުމުގެ ދަށުގައި ކަމަށެވެ. އެހެން ނަމަވެސް ވެބްސައިޓްތައް ބްލޮކް ކުރީ އެމިނިސްޓްރީން އަންގަވައިގެން ނޫންކަމުގައި އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ދެންނެވީ ކޭމް(ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް) އިން ރާއްޖޭގެ މުވާޞަލާތާއި ގުޅޭ ހުރިހާކަމެއް ބަލަހައްޓަވާނީ. ކޭމްގެ އިޙްތިޞާސް އޮންނާނީ އެމިނިސްޓްރީގައި. އެހެންވީމާ އެކަމާއި ގުޅޭ ގޮތުން އެބޭފުޅުން އެއްޗެއް ވިދާޅުވާން އެންމެ އެކަށީގެންވާނީ. އެހެންވީމާ އަޅުގަނޑު އެމިނިސްޓްރީގެ ވާހަކަ، އެމިނިސްޓަރުގެ ވާހަކަ މިދެންނެވީ. ކޭމް އާއި ކޭމްގެ އިޙްތިޞާސް އޮންނާނީ އެމިނިސްޓްރީގެ ދަށުގައި." 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން މުހައްމަދު ޝަހީބު --

ސަރުކާރާއި ދެކޮޅަށް ފާޑުކިޔައި ލިޔުންތައް ޝާއިއުކުރަމުން ދިޔަ ނޫހެއް ސަރުކާރުން ބްލޮކް ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ، ރަޖިސްޓްރީ ނުކޮށް ހިންގަމުން އައި ދިޔަވަރު ނޫހާއި، ކުރުސީ ޑޮޓްކޮމްގެ އިތުރުން، ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ފުރަތަމަ ނޫހެވެ.

ސަރުކާރުން އެޅި އެފިޔަވަޅާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން ސަރުކާރުން ވަނީ، މިހާރު ބްލޮކް ކުރި ހުރިހާ ވެބްސައިޓްތަކެއް އަލުން އަންބްލޮކްކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ސަރުކާރުން ކުރިން ބަންދުކުރި ކަމަށް ބުނި، ބަރަހަނާ ވެބްސައިޓްތައްވެސް މިހާރު ހުރީ އަންބްލޮކްކޮށްފައެވެ.

ސަރުކާރުގެ ސިޔާސަތު ބަދަލުވީތޯ ނޫސްވެރިން ކުރި ސުވާލަށް، ޝަހީބު ސީދާ ޖަވާބެއް ނުދެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.